މަސައްކަތް
ނަންބަރު: (IUL)13-K/13/2022/380
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:33
ސުންގަޑި: 23 ފެބުރުވަރީ 2023 11:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އައި.ސީ.ޓީ އިކްއިޕްމެންޓް ފޯރުކޮށްދިނުމުގެ މަސައްކަތް

ބިޑު ހުށަހެޅުމުގެ ދަޢުވަތު

( ޕްރޮޖެކްޓް ނަންބަރު:  TES/2022/G-017)

  

އިމަރޖެންސީ ރެސްޕޮންސް ޓު ކޮވިޑް-19 ޕެންޑެމިކް - ފޭސް 2

ލޯން ނަމްބަރ: MDV-1013 

އައި.ސީ.ޓީ އިކްއިޕްމެންޓް ފޯރުކޮށްދިނުމުގެ މަސައްކަތް

 

1. ދިވެހި ސަރުކާރުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ހިންގަމުންދާ އިމަރޖެންސީ ރެސްޕޮންސް ޓު ކޮވިޑް-19 ޕެންޑެމިކް ފޭސް 2 ގެ ދަށުން އައި.ސީ.ޓީ އިކުއިޕްމަންޓް ގަތުމަށް ބޭނުންވެއެވެ.

2. މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، ތިރީގައި ދެންނެވިފައިވާ އައި.ސީ.ޓީ އިކުއިޕްމަންޓްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ލޮޓް ނަންބަރ

ލޮޓުގެ ނަން

ބިޑް ސެކިޔުރިޓީ ޢަދަދު

ލޮޓް - 1

ސާވަރ، ސްޓޯރެޖް އޭރިއަރ ނެޓްވޯކް، ސާވަރ ރެކް، ޔޫ.ޕީ.އެސް، ކޯ ސްވިޗް އަދި ކޫލިންގ ސިސްޓަމް

ރ 385,000.00

 

    ލޮޓް – 2

ފަޔަރ ވޯލް

 ރ42,000.00

ލޮޓް - 3

ޑެސްކުޓޮޕް ކޮމްޕިއުޓަރސް، ލެޕްޓޮޕް، ޓެބްލެޓް އަދި ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމް

295،000.00 ރ

 ލޮޓް - 4

ޕްރިންޓަރސް

47،500.00 ރ

3. މި މަސައްކަތް ކުރާނެ ފަރާތްތައް ހޮވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ގައިޑްލައިންސް: ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން –އެޕްރީލް2019އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ. އަދި މީގެ އިތުރަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ކޮންފްލިކްޓް އޮފް އިންޓްރެސްޓް ޕޮލިސީގެ ޕެރަގްރާފް 1.18 – 21 ރިފާރ ކުރެއްވުން އެދެމެވެ.

4. މި ބީލަމުގައި ބައިވެރިވުމަށް  -/500 (ފައްސަތޭކަ) ދިވެހި ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 2 ފެބުރުވަރީ 2023އިން 21 ފެބުރުވަރީ 2023 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.

5. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 2 ފެބުރުވަރީ 2023 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

6. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 ފެބުރުވަރީ 2023ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި މި އިޢުލާނުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދަށްހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 168 ދުވަހެވެ.

8. ބީލަން ހުޅުވުން އޮންނާނީ 23 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : (960) 3349106, (960) 3349147, (960) 3349104

އީމެއިލް : [email protected]

ކޮޕީ  : [email protected]  

02 ފެބުރުވަރީ 2023