މަސައްކަތް
ނަންބަރު: (IUL)30-G/1/2014/131
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 24 ޑިސެންބަރު 2014 13:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ސްޓޯރޭޖް ކޮންޓެއިނަރ ހަދައިދޭނެ ފަރާތެއް ހޯދަން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ "ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް"ގެ ދަށުން ޏ.ފުވައްމުލަކު، ފުނާޑު ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީއަށް ބޭނުންވާ ސްޓޯރޭޖް ކޮންޓެއިނަރ ހަދައިދޭނެ ފަރާތެއް ހޯދަންކުރި އިޢުލާން ނަންބަރު IUL)30-G/1/2014/128) ގެ މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މާލޭގެ ސަރުކާރު އޮފީސްތައް ބަންދުވުމާގުޅިގެން، ކުރިންކުރި އިޢުލާން ބާޠިލުކުރުމަށްފަހު، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޑިސެންބަރު 2014 (ބުދަ) ދުވަހުގެ 13:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން، ކޮންފަރެންސްރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު 28 ޑިސެންބަރު 2014 ވަނަ ދުވަހުގެ 13:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓްވޭވް، މޫންލައިޓް ހިނގުން، ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ 3341836 އަށް ގުއްޅުއްވުން އެދެމެވެ.

26 ޞަފަރު 1436

18 ޑިސެންބަރު 2014