ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)485-HIF/1/2023/7
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 16 ފެބުރުވަރީ 2023 12:00
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް އިންޖިނިއަރ

މަޤާމުގެ ނަންބަރު:

J-350553

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، މާލެ / ލައިސެންސިންގ އެންޑް ރެޖިސްޓްރޭޝަން ސެކްޝަން

މުސާރަ:

-/6295

ސަރވިސް އެލަވަންސް:

-/3500

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް:  މުސާރައިގެ    %35
  • ޓެކްނިކަލް ކޯ އެލަވަންސް:    މުސާރައިގެ     %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގައި ޔުނިޓް އިން ހުށަހަޅަންޖެހޭ މައުލޫމާތު އެކުލަވާލުމުގައި ޔުނިޓް ހެޑް އަށް އެހީވުން 
  2. ޔޫ.އާރ.އޭ ގެ ވަރކް ޕްލޭންގެ ދަށުން ޔުނިޓްގެ ވަރކް ޕްލޭން އެކުލަވާލައި ޕްލޭން ތަންފީޛުކުރުމުގެ މަސައްކަތްތައް ޔުނިޓް ހެޑްގެ ލަފާގެ މަތިން ހިންގުން. އަދި ޕްލޭންގެ ޕްރޮގްރެސް މޮނިޓަރކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.
  3. ދިވެހިރާއްޖެއަށް ފެތޭ ގޮތަށް ހަކަތައިގެ ދާއިރާގައި ޔޫ.އާރު.އޭ އިން ހަދާ ސްޓޭންޑަރޑް ތައް އެކުލަވާލުމުގައި އެހީތެރިވުން
  4. އާއްމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާތަކުގެ ތެރެއިން ހަކަތައިގެ ދާއިރާގެ ސްޓެޓިސްޓިކްސް ކަލެކްޓްކުރުމާއި ސްޓެޓިސްޓިކަލް ޑޭޓާ މެނޭޖްކުރުމުގެ ގޮތުން ޔުނިޓްގެ ފަރާތުން ހިންގަންޖެހޭ މަސައްކަތްތައް ހިންގުމުގައި ޔުނިޓް ހެޑްއަށް އެހީވުން.
  5. ޔޫ.އާރު.އޭގެ ޤަވާއިދުތަކާއި މިންގަޑުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުމާއި އެކަމާއިބެހޭ އެންމެހައި މަސައްކަތްތަކުގައި ޔުނިޓް ހެޑްއަށް އެހީތެރިވުން
  6. އާއްމު ހިދުމަތްތަކުގެ ދާއިރާތަކުގެ ތެރެއިން ހަކަތައިގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށާއި، ތަންތަނަށް ދޫކުރާ ލައިސަންސްތަކާއި ހުއްްދަތައް ދިނުމުގެ ގައިޑްލައިންތައް އެކުލަވާލުމާއި ލައިސަންސްތަކާއި ހުއްދަތައް ދޫކުރުމުގެ މަސައްކަތްތަކާއި މޮނިޓަރ ކުރުމުގެ މަސައްކަތްތައް ރާވާ ހިންގުމުގައި ޔުނިޓް ހެޑްއަށް އެހީވުން.
  7. އާއްމު ހިދުމަތްތަކުގެ ދާއިރާތަކުގެ ތެރެއިން ހަކަތައިގެ ދާއިރާގައިި ކުރާ އިންވެސްޓްމަންޓް އެޕްރޫވަލްގެ މަސައްކަތްތައް ރާވާ ހިންގުމުގައި ޔުނިޓް ހެޑް އަށް އެހީވުން.
  8. އާއްމު ހިދުމަތްތަކުގެ ދާއިރާތަކުގެ ތެރެއިން ހަކަތައިގެ ދާއިރާގައި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދެވޭ ސަބްސިޑީގެ މަސައްކަތްތައް ރާވާ ހިންގުމުގައި ޔުނިޓް ހެޑްއަށް އެހީވުން.
  9. އާއްމު ހިދުމަތްތަކުގެ ދާއިރާތަކުގެ ތެރެއިން ހަކަތައިގެ ދާއިރާއާއި ގުޅޭ ކޯސްތަކާއި ޓްރޭނިންގތައް ހިންގާ ތަންތަނާއި ނަގައިދެވޭ ކޯސް ތައް ވެރިފައި ކުރުމާއި އޮޑިޓް ކުރުމުގެ މަސައްކަތްތައް ރާވާ ހިންގުމުގައި ޔުނިޓް ހެޑްއަށް އެހީވުން.
  10. ޕްލޭންތަކާ ގުޅޭގޮތަށް ޔޫ.އާރު.އޭެގެ ބަޖެޓް އެކުލަވާލުމުގައި އޮފީހުގެ އިސްވެރިންނަށް ފަންނީ ލަފާ ދިނުމާއި ޕްލޭންތަކާ ގުޅޭ ގޮތަށް ބަޖެޓް އެކުލަވާލުމުގައި އެހީތެރިވުން.
  11. ޔޫ.އާރ.އޭ މެނޭޖްކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ޔޫ.އާރ.އޭ ގެ އިސްވެރިޔާއަށް ފަންނީ ލަފާދިނުމާއި އޮފީހުގެ އެކި އެކި ނިންމުންތައް ނިންމުމަށް އެހީތެރިވެދިނުން

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގު(ތައް):

ސިވިލް އިންޖިނިއަރިންގ، ކޮންޓްރޯލް އިންޖީނިއަރިންގް، އިލެކްޓްރިކަލް އިންޖިނިއަރިންގ، އިލެކްޓްރޯނިކްސް ކޮމިއުނިކޭޝަން އިންޖީނިއަރިންގ، އެނާޖީ އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، ޕަވަރ އިންޖީނިއަރިންގް، ރެނުވަބަލް އެނަރޖީ، ރެނުވަބަލް އިންޖީނިއަރިންގް

ޕްރިފަރޑް ޑިސިޕްލިން(ތައް) :

ނެތް

ކޯ ޑިސިޕްލިން(ތައް):

ސިވިލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ،އިލެކްޓްރޯނިކްސް ކޮމިއުނިކޭޝަން އިންޖީނިއަރިންގ، އެނާޖީ އިންޖިނިއަރިންގ،މެކޭނިކަލް އިންޖިނިއަރިންގ، ޕަވަރ އިންޖީނިއަރިންގް، ރެނުވަބަލް އިންޖީނިއަރިންގް

ގުޅޭވަޒީފާގެ ދާއިރާތައް:

އެނަރޖީ އިންޖިނިއަރިންގ

(ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް):

އެނަރޖީ އިންޖިނިއަރިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށެވެ. 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނީ،  19 ފެބްރުވަރީ 2023  އާއި 09 މާރިޗް 2023 އާ ދެމެދު، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3019100 އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

02 ފެބުރުވަރީ 2023