ބީލަން
ނަންބަރު: (IUL)307/INDIV/2023/8
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 16 ފެބުރުވަރީ 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގައި އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

މިރަށުގައި އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކުނިކޮށީގެ ވަށާފާރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިއުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލް ކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވިކަމަށް ޔަގީން ކުރަންވާނީ ރަޖިސްޓްރީ ނަންބަރު ލިބުމުންނެވެ.    
  2. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2023 ފެބުރުއަރީ 9 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  
  3. މި ބީލަމާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.   
  4. މި ބީލަމާއި ގުޅިގެން ހުށައަޅަންޖެހޭ ބިޑްތަކާއެކު، ބިޑް ސެކިއުރިޓީ އަދި ޕާފޯމޭންސް ގެރެންޓީ ހުށައަޅަންޖެހޭނެއެވެ.
  5. މިޕްރޮޖެކްޓާއި ގުޅިގެން ބީލަމުގައި ރަޖިސްޓްރީ ކުރެވޭ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބިލަން ފޮތް (މައުލޫމާތު ކަރުދާސް) ހިއްސާކުރެވޭނެއެވެ.
  6. ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  7. ބީލަން ހުޅުވުން އޮންނާނީ 2023 ފެބުރުއަރީ 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކައުންސިލް އިދާރާގައެވެ.  ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަން ރެޖިސްޓްރީ ވުމަށް އެދި ފޯރމު ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:

  • ކައުންސިލް އެގްޒެކެޓީވް – އިމްރާން ޝަރީފް
  • ފޯން: 9122102
  • އީމެއިލް: [email protected]

 

 މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ފެބުރުވަރީ 2023