ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2023/14
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:58
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ޓްވަރިޒަމްގެ ބޭނުމަށް ބޭނުންކުރާނެ ބީޗްއެއް ކަނޑައެޅުމާއިބެހޭ

                   އިޢުލާން

ލޯކަލް ޓްވަރިޒަމްގެ ބޭނުމަށް ބޭނުންކުރާނެ ބީޗްއެއް ކަނޑައެޅުމާއިބެހޭ

 

 މިރަށަކީ ބ.އަތޮޅުގެ އެހެން ގިނަ ރަށްތަކާ އެއްގޮތަށް މިވަތުގު ލޯކަލް ޓްވަރިޒަމްގެ ވިޔަފާރި ކުރަން ފެށިފައިވާ ރަށެއްކަމުން ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ރާއްޖެއިން ބޭރުގެ ފަތުރުވެރިން މޫދަށް އެރުމާއި އެހެނިހެން ބޭނުންތަށްކުރުމަށް ހާއްސަ ސަރަޙައްދެއް (ބީޗެއް) ކަނޑައެޅިފައި އޮތުމަކީ މިފަދަ ވިޔަފާރިތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރުމަށް މުހިއްމު ކަމެއްކަމަށް މި ކައުންސިލުން ދެކެމެވެ. އެހެންކަމުން ފާސްކުރެވިފައިވާ ރަށުގެ ލޭންޑް ޔޫސް ޕްލޭންގައިވެސް ކަނޑައެޅިފައިވާ ގޮތައް މި އިޢުލާނާއިއެކު އާންމު ކުރެވިފައިވާ ރަށުގެ ޗާޓުގައި ފާހަގަ ކުރެވިފައިވާ ސަރަޙައްދު ކިހާދޫގެ ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން މޫދަށް އެރުމަށާއި ބީޗް ބޭނުންކުރުމަށް ހުއްދަ ދެވިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

މި ސަރަޙައްދަކީ ކިހާދޫގެ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން ބޭނުންކުރުމުގެ ހުއްދަ ދެވިފައިވާ ސަރަޙައްދެއް ނަމަވެސް އާންމު ރައްޔިތުންގެ ތެރެއިންވެސް މި ސަރަހައްދުގެ ބީޗް އަދި މޫދު ބޭނުންކުރަން އެދޭ ފަރާތްތަކަށް މި ސަރަޙައްދު ބޭނުން ކުރުވޭނެއެވެ. އަދި ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން ރަށުތެރޭގައި އުޅޭއިރުގައާއި ބީޗް ސަރަޙައްދު ބޭނުންކުރާއިރު ރަށުގެ ރައްޔިތުންގެ ފަރާތުން ރަނގަޅު މެހެމާންދާރީއެއް އަދާކޮށް، އެއްވެސްކަހަލަ ތަފާތުކުރުމެއް ނުބައްވައި، އެމީހުންނާއިމެދު އަމަލުކޮށްދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

 އަދި ލޯކަލްޓުއަރިޒަމްގެ ވިޔަފާރި މިރަށުގައި ކުރައްވާ ފަރާތްތަކުން، އެބޭފުޅުންގެ ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން ކިހާދޫގައި އުޅޭއިރު މުޖުތަމައުގެ އާންމު މަސަލަޙަތު ނުގެއްލޭނެހެން އެ ފަރާތްތަކުގެ އަމަލުތައް ބަހައްޓާދެއްވުމަށް ފުރިހަމަ މައުލޫމާތާއި އިރުޝާދު ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ. މިގޮތުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން އަމަލުކުރަންވީ ގޮތްތައް މި ކައުންސިލުން 2022 ޑިސެންބަރ 11 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައިވާ "ބ.ކިހާދޫގައި ގެސްޓްހައުސްއާއި ހޯމްސްޓޭ ވިޔަފާރީގެ ހަރަކާތްތައް ހިންގުމާބެހޭ ޤަވައިދު" ގައި ތަފްސީލުކޮށް ބަޔާންކުރެވިފައި ވާނެއެވެ.

  އަދި މި ޤަވައިދުގެ 10 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާގޮތައް ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަރާތްތަކުން ނެގުމަށް ކަނޑައެޅިފައިވާ ފީތައް ނަގައި މި ކައުންސިލަށް ދެއްކުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށް ގެސްޓްހައުސްގެ ވިޔަފާރިކުރައްވާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

              07  ރަޖަބު   1444ހ.

              29  ޖަނަވަރީ  2023މ.

 

                                                     

                                                              ޙުސައިން ޝާފިޢު

                                                             ކައުންސިލްގެ ރައީސް

02 ފެބުރުވަރީ 2023