ދިވެހިރާއްޖެ
އެސްޓީއޯ ޕލކގެ ވަޒީފާއަށް ބޭނުންވާ ބިދޭސީން ގެނެސްދޭނެ އޭޖެންސީއެއް ހޯދަން ބޭނުންވެއްޖެ
މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް އެސްޓީއޯ ޕލކގެ ވަޒީފާއަށް ބޭނުންވާ ބިދޭސީން ގެނެސްދޭނެ އޭޖެންސީއެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު (ADM/2014/466-ފ60) ގެ ރަޖިސްޓްރޭޝަންގެ ފަހު ދުވަސް ސަރުކާރު ބަންދު ދުވަހަކާ ދިމާވާތީ، ތިރީގައިވާ ގޮތަށް ތާރީޚުތަކާއި ގަޑިތަކަށް ބަދަލު ގެނެވިފައިވާ ވާހަކަ ދަންނަވަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2014 ޑިސެންބަރު 22 ވާ ދުވަހުގެ 16:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 ޑިސެންބަރު 24 ވާ ދުވަހުގެ 16:00 ގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ އެންމެހައި ފަރާތްތަކަށް 2014 ޑިސެންބަރު 25 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ބީލަން ކަރުދާސް ލިބުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2014 ޑިސެންބަރު 30 ވާ ދުވަހުގެ 10:00 ގެ ކުރިން އީ-މެއިލްގެ ޒަރިޢާޔާއިން ފޮނުވަންވާނެއެވެ. އަދި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށްް 2015 ޖަނަވަރީ 06 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.
ބީލަންކަރުދާސް : ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 ޖަނަވަރީ 13 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.
އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ:
ފޯން: 3344196 , 3344318
ފެކްސް: 3344633
އީމެއިލް: [email protected]