ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2023/50
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 21:21
ސުންގަޑި: 28 ފެބުރުވަރީ 2023 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ މީދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

އިޢުލާން

 

އައްޑޫސިޓީ  މީދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ

އައްޑޫސިޓީ މީދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އައްޑޫ ސިޓީ ކައުންސިލްގެ ނަންބަރު (IUL) 426-AB/426/2023/34 (23 ޖަނަވަރީ 2023)އިޢުލާނާއި ގުޅިގެން ޢާންމުކުރެވިފައިވާ "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" އާއި " އައްޑޫސިޓީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު" އަށް ބަދަލުތަކެއް އައިސްފައިވާކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

 ވީމާ، ގޯއްޗަށް އެދި ހުށަހަޅާނީ މި އިޢުލާނާއިއެކު ޢާންމުކުރެވިފައިމިވާ ގޯއްޗަށްއެދޭ ފޯމް (ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު V 1.2 ) އެވެ.  އަދި އައްޑޫސިޓީ މީދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގައި ޢަމަލުކުރާނީ މި އިޢުލާނާއިއެކު ޢާންމުކުރެވިފައިމިވާ އުޞޫލަށެވެ. 

 

ފޯމު ހުށަހެޅުމުގެ ސުންގަޑި:

މި ބަދަލާއި ގުޅިގެން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 28 ފެބްރުވަރީ 2023 ގެ 13:00 އެވެ. ފޯމް ބަލައިގަންނާނީ 02 ފެބްރުވަރީ 2023 އިން ފެށިގެން 28 ފެބްރުވަރީ 2023 ގެ 13:00 ގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި 09:00 އިން 13:00 އަށް މީދޫ އަވަށު އޮފީހުން ނެވެ.

 

މި އިޢުލާނާއިއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  • ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް V 1.2 (ކެޓަގަރީ A އަދި ކެޓަގަރީ B އަށް ކުރިމަތިލުމަށް އެދެންވާނީ އެ ކެޓަގަރީއަކަށް ކަނޑައެޅިފައިވާ ފޯމުންނެވެ.)
  • އައްޑޫސިޓީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު (އިޞްލާޙު ކުރެވިފައި)
  • ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިފައިވާ ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  • ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ތަރިކައިން ލިބެން އޮތްބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު

 

ވީމާ މިކަން ޢާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

10 ރަޖަބު 1444

01 ފެބްރުވަރީ 2023

01 ފެބުރުވަރީ 2023