ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)O6-GRH-OU-05322/O6-GRH/2023/12
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:41
ސުންގަޑި: 05 ފެބުރުވަރީ 2023 14:00
ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
(ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު) ހޭހަން ކޮންފަރެންސް އާއި ގުޅިގެން ކެއުންތައް ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުން

ގަމު ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހޭހަން ކޮންފަރެންސް އާއި ގުޅިގެން ކެއުންތައް ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ހޯދަން ބޭނުންވާ ސާމާނުގެ ތަފުސީލު އަދި ކޯޓޭޝަން ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާގެ ގުރަހަ މާލަމަށް ކޯޓޭޝަން ހުށަހެޅުމަށް ހާޒިރުވުމަށް ދަންނަވަމެވެ. އަދި ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންގެ ކޯޓޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކޯޓޭޝަން ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6809003 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

01 ފެބުރުވަރީ 2023