ދިވެހިރާއްޖެ
(IUL)196-C/1/2023/10 :ނަންބަރު
އިޢުލާން
މި އޮފީހަށް 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް، މިއޮފީހުގެ ގއ.ގޮފި ހިންގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރުމާއި ގޮފިން ބަހަންޖެހޭ ސިޓީ ފަދަ ތަކެތި ބަހައިދިނުމާއި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)196-C/1/2023/10 (03 ޖަނަވަރީ 2023) އިޢުލާނާ ގުޅިގެން، ލިބިފައިވާ އަގުތަކަކީ އެކަށީގެންވާ އަގެއް ކަމުގައި ނުވާތީ އެ ޢިއުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
- ބީލަމުގައި ރެޖިސްޓަރީވުމާއި މަޢުލޫމާތު ދިނުން: 09 ފެބުރުވަރީ 2023، 10:00 އަށް
- ބީލަން ހުށަހެޅުމާއި ހުޅުވުން: 21 ފެބުރުވަރީ 2023، 10:00 އަށް
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއޮފީހުގެ ގއ. ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.
ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.
10 ރަޖަބު 1444