ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)309-ESM/309/2023/26
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:02
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދުގެ ސީ ޒޯން ލައިސަންސް ދޫކުރުމަށްޓަކައި 2 އެގްޒަމިނަރުން ހޯދުމާއި ގުޅޭ

އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދުގެ ސީ ޒޯން ލައިސަންސް ދޫކުރުމަށްޓަކައި 2 އެގްޒަމިނަރުން ހޯދުމާއި ގުޅޭ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަމުންދާ 2 އެގްޒަމިނަރުންގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީވެ، މި ޙިދުމަށް ދިނުމަށްޓަކައި 2 އެގްޒަމިނަރުން ހޯދުމަށް ބޭނުންވެއްޖެއެވެ.

 

އެގްޒަމިނަރުންގެ ހުންނަންޖެހޭ ޝަރުތުތައް:

  1. ކެޓަގަރީ AO, A1, B1, C1, C2, C3 ދާއިމީ ލައިސަންސް ނަގާފައިވާ ފަރާތަކަށްވުން.
  2. އިނގުރައިދޫ ކައުންސިލްގައި ވަޒީފާ އަދާކުރާ ފަރާތަކަށްނުވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މުއްދަތުހަމަނުވާ އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދުގެ ދުއްވުމުގެ ލައިސަންސްގެ ދެފުށުގެ ސާފު ކޮޕީ
  2. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  3. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް ސާފު ކޮޕީ
  4. އެގްޒާމިނަރަކަށް ވުމަށް އެދި ހުށަހަޅާ ސިޓީ

 

އެގުޒާމިނަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އިމްތިހާނުދޭ ކޮންމެ ދެފުރޮޅުލީ އުޅަނދަކަށް -/15 (ފަނަރ) ރުފިޔާ އަދި ހަތަރު ފުރޮޅުލީ އުޅަނދެއްނަމަ -/25 (ފަންސަވީސް) ރުފިޔާ ގެ ފީއެއްދެވޭނެއެވެ. އެގުޒަމިނަރުންގެ ގޮތުގައި ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން ކެޓަގަރީ އިތުރު ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކަން 13 ފެބްރުވަރީ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި އެކު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ފެބުރުވަރީ 2023