ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-LS/88/2014/75
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:06
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދ. ހިރިޔާފުށިގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގުމަށް ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމަންޓަށް ބަދަލު ގެނައުން
ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މިމިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ދ. ހިރިޔާފުށި ލީސް އެގްރީމަންޓުގެ ދަށުން، އެރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވާނަމަ، މިއިޢުލާން ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި، އޮފީސް ބަންދުކުރުމުގެ ކުރިން، މިމިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލުން ހުށަހަޅުއްވާކަމުގައިވަނީނަމަ [email protected] އަށް އަންގަވައިދެއްވުމަށް އަންގައި އިޢުލާނުކުރީމެވެ.
22 ޞަފަރު 1436
14 ޑިސެންބަރު 2014