ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FE/2023/01
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 05 ފެބުރުވަރީ 2023 14:00
ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
Part-time lecturer

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

 ފެކަލްޓީ އޮފް އެޑިޔުކޭޝަން
 މާލެ، ދިވެހިރާއްޖެ.

 ފެކަލްޓީ އޮފް އެޑިޔުކޭޝަނުން މާލެ އާއި އަތޮޅުތަކުގައި ހިންގާ ކޯސްތަކުގައި ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައިދެއްވުމަށް ޕާޓްޓައިމް

 ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާ:

މާއްދާ / މަސައްކަތް އޮންނަ ރަށް

  1. އިންޓްރޮޑަކްޝަން ޓު ސޯޝަލް ސައިންސް (SOC013) / ގދ.ތިނަދޫ، ހދ.ކުޅުދުއްފުށި
  2. އިޖްތިމާޢީ ދިވެހި (DHI025) / ގދ.ތިނަދޫ، ހދ.ކުޅުދުއްފުށި، ސ.ހިތަދޫ
  3. އެކްސްޕްލޯރިންގ ކްރިއޭޓިވިޓީ ތްރޫ ދި އާރޓްސް (ART207)  / ކ.މާލެ
  4. އާރޓް އެޑިޔުކޭޝަން 1 (ART205)  / ކ.މާލެ
  5. ސައިންސް ފޮރ ބިގިނާރސް (SCI019)  / ގދ.ތިނަދޫ ކެމްޕަސް

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

200 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ.، 100 ނުވަތަ އެއަށްވުރެ ދަށް ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް-/200ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  3. މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިފެކަލްޓީގެ ނަންބަރު 3345302  ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި: 2023 ފެބުރުވަރީ 5 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected]އަށެވެ.

01 ފެބުރުވަރީ 2023