ތަމްރީނު
ނަންބަރު: (IUL)221-T/221/2014/61
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި: 23 ޑިސެންބަރު 2014 15:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭސިކް ޓްރޭނިންގ އޮން ޑީސެންޓްރަލައިޒޭޝަން އެންޑް ލޯކަލް ގަވަރނަންސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު

ތިރީގައި މިވަނީ މި އޮތޯރިޓީގެ ފަރާތުން މި އަހަރު ޑިސެންބަރު މަހުގެ 28 އިން 30 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ " ބޭސިކް ޓްރޭނިންގ އޮން ޑީސެންޓްރަލައިޒޭޝަން އެންޑް ލޯކަލް ގަވަރނަންސް" ކޯހާއި ގުޅޭ މަޢުލޫމާތެވެ. މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު 23 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ކޯހުގެ ނަން

ބޭސިކް ޓްރޭނިންގ އޮން ޑީސެންޓްރަލައިޒޭޝަން އެންޑް ލޯކަލް ގަވަރނަންސް

މުއްދަތު

 3 ދުވަސް

ކޯސް ހިންގާނެ ތަން

އެލް.ޖީ.އޭ

ސުންގަޑި

23ޑިސެމްބަރ  2014 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން

އިތުރު މަޢުލޫމާތު

  • ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ރިސެޕްޝަނުން
  • އަދި އެލް.ޖީ.އޭގެ ވެބްސައިޓް www.lga.gov.mv އިން އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރެއްވޭނެ
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3013134 އަދި 3013120 އަށް ގުޅުއްވުން އެދެމެވެ.

22 ޞަފަރު 1436

14 ޑިސެންބަރު 2014