ދިވެހިރާއްޖެ
އިޢުލާން ނަންބަރު:134-PROC/I/2023/08
އިޢުލާން
31 ޖެނުއަރީ 2023
ގައްދޫ އައިސްޕްލާންޓްގެ ފައުންޑޭޝަން މަސައްކަތް ކުރުން
މި އޮފީހުގެ ނަންބަރ އިޢުލާން 134-PROC/I/2023/07(26 ޖެނުއަރީ) ގައި މިފްކޯގެ ފަރާތުން ގދ.ގައްދޫގައި ޤާއިމްކުރާ އައިސްޕްލާންޓްގެ ފައުންޑޭޝަން މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ޢިއުލާނަށް ލިބިފައިވާ ތަރުހީބު ކުޑަކަމަށް ފެންނާތީވެ އިޢުލާން ކެންސަލްކޮށް އަލުން އިޢުލާނުކުރަމެވެ.
މިއީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑް (މިފްކޯ) ގެ ފަރާތުން ގދ.ގައްދޫގައި ޤާއިމްކުރާ އައިސްޕްލާންޓްގެ ފައުންޑޭޝަން މަސައްކަތްކުރުމަށް އަގު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ.
ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް |
ތާރީޙް |
ވަގުތު |
|||
ބިޑްހުޅުވާ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް |
09 ފެބުރުއަރީ 2023
|
މެންދުރު 12:00ގެ ކުރިން |
||
މަޢުލޫމާތު ކަރުދާސް |
އެޓޭޗްކުރެވިފައި |
||||
އަންދާސީ ހިސާބު ހުށަހެޅުން |
އީމެއިލް މެދުވެރިކޮށް |
09 ފެބުރުއަރީ 2023
|
މެންދުރު 01:00ގެ ކުރިން |
||
ބިޑް ހުޅުވުން |
މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް |
09 ފެބުރުއަރީ 2023
|
މެންދުރު 02:00ގައި |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.