މަސައްކަތް
ނަންބަރު: (IUL)335-AS/335/2023/10
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 09 ފެބުރުވަރީ 2023 12:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރު ދޯންޏެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ފައިބަރު ދޯންޏެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

              މިކައުންސިލަށް ފައިބަރު ދޯންޏެއް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

      މި ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 9 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނާއެކު ހިމެނިފައިވާ ގޫގަލް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A

  ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 ފެބްރުއަރީ 2023 ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތުކައުންސިލްގެ އީމެއިލް [email protected] ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

31 ޖަނަވަރީ 2023