ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)410-P/410/2023/9
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 09 ފެބުރުވަރީ 2023 14:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް ވަގުތީ ސެކިއުރިޓީ އޮފިސަރ ހޯދުމާއިބެހޭ

މަޤާމް :ސެކިއުރިޓީ އޮފިސަރ
ބޭނުންވާ އަދަދު :1

ދާންދޫ ކައުންސިލް އިދާރާއަށް ވަގުތީ ސެކިއުރިޓީ އޮފިސަރގެ މަޤާމަށް ކުރިއަށް އޮތް 12 މަސްދުވަހަށް މަސައްކަތް ކުރާނެ މީހަކު ހޯދުމަށް ބޭނުންވެއްޖެއެވެ.

މަޤާމު:

ސެކިއުރިޓީ އޮފިސަރ (ކޮންޓްރެކްޓް)

 

މަޤާމްގެ ނަންބަރު:

J-370323

 

ބޭނުންވާ އަދަދު:

1

 

މަޤާމުގެ ގިންތި:

ވަގުތީ

 

މަޤާމުގެ ރޭންކު:

އެސް.އެސް 1

 

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫކައުންސިލް އިދާރާ

 

މުސާރަ އާއި އެހެނިހެން އިނާޔަތްތައް:

  • މުސާރަ: މަހަކު 3100.00ރުފިޔާ (ތިންހާ އެއްސަތޭކަ ރުފިޔާ)
  • ސާރވިސް އެލަވަންސް: މަހަކު 1000.00ރުފިޔާ (އެއްހާސް ރުފިޔާ)
  • ސަޕޯރޓިންގ ކޯ އެލަވަންސް: މަހަކު 1200.00ރުފިޔާ (އެއްހާސް ދުވިސައްތަ ރުފިޔާ)
  • މިނިމަމް ވޭޖް: މަހަކު 1917.00ރުފިޔާ (އެއްހާސް ނުވަ ސަތޭކަ ސަތާރަ ރުފިޔާ)
  • ރަމަޟާން އެލަވަންސް: އަހަރަކު 3000.00ރުފިޔާ (ތިންހާސް ރުފިޔާ)
  • ރަސްމީ ގަޑީގެ އިތުރުން އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • އޮފީހުގެ ދެފަރާތުން ވާ މަގުތަކާއި، އަދި އިންވެގެން ހުންނަ ގޯތިތަކުގެ ތެރިންލާފައި އެއްވެސް ނުރައްކާތެރި ކަމެއް އާދޭތޯއާއި، އަދި މުޅި އޮފީސް އިމާރާތާއި އޮފީހުގެ ގޯތިތެރޭގައިވާ އެންމެހާ ތަންތަނާއި ތަކެތިގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން
  • އޮފީސް ގޯތި ތެރޭގައިވާ އޮފީސް ނޫން އެހެން ޢިމާރަތްތަކާއި، ގަސްގަހާ ގެއްސާއި ތަކެތި އަދ އެއްވެސް ބާވަތެއްގެ މުދަލެއް ބެހެއްޓިފައިވާނަމަ އެފަދަ މުދާ ތަކުގެ ސަލާމަތާއި ރައްކާތެރި ކަން ބެލެހެއްޓުން
  • ސެކިއުރިޓީ ބަލަހައްޓާ ގަޑިތަކުގައި ފެންނެގޭ މިންވަރަށް ވާރޭ ވެހޭ ކަމުގައި ވާނަމަ ފުރާޅު ސާފު ވާނޭ ވަގުތު ދިނުމަށްފަހު ގޯތި ތެރޭގައި ބެހެއްޓިފައިހުރި އާންމު ބޯފެންތާނގިތަކަށް ފެންނެގޭ ގޮތަށް ވޭލްދޫކުރުން
  • ސެކިއުރިޓީ ބަލަހައްޓަމުންދާ ގަޑިތަކުގައި އޮފީހުގެ އެއްވެސް މުވައްޒަފަކުވިޔަސް އޮފީސް ނުވަތަ އޮފީސް ގޯތި ތެރޭގައިވާ އެހެން ޢިމާރާތެއް ހުޅުވާނަމަ އެތަނެއް ހުޅުވާ ގަޑިއާއި ލައްޕާ ގަޑި ފޮތެއްގައި ނޯޓުކޮށްގެން ބެލެހެއްޓުން
  • މި ގަޑީގައި އޮފީސް ނުވަތަ އެ ޢިމާރާތެއް ހުޅުވާ އަދި ލައްޕާ މީހާއި ބެހޭ މަޢުލޫމާތު އެފޮތުގައި ލިޔެ ބެލެހެއްޓުން
  • އޮފީސް މުވައްޒަފުންގެ ތެރެއިން ޢާންމުކޮށް އޮފީސް ހުޅުވާ ލައްޕާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފަކު ނުވަތަ އެހެން މީހަކު މިއިން ގަޑިއެއްގައި އޮފިހާއި އޮފީހުގެ ގޯތި ތެރޭގައިވާ އެހެން ޢިމާރާތެއް ހުޅުވައި ހަދާނަމަ އެކަން އޮފީސް ހިންގުމާއި ހަވާލުވެ ހުންނަވާ ވެރިއަކަށް ލަސްނުކޮށް އެންގުން
  • އޮފީހާއި އޮފީސް ގޯތިތެރޭގައިވާ އެހެން ޢިމާރާތްތަކާއި އަދި ތަކެއްޗަށް އެއްވެސް ގޮތަކުން އެއްވެސް ފަރާތަކުން ގޯނާއެއް ނުވަތަ ގެއްލުމެއް ކުރަން އުޅޭނަމަ އެކަން ހުއްޓުވައި އަދި އެކަމާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްދިނުން އަދި އެކަމެއް މޮނިޓަރ ކޮށް ބަލަހައްޓަމުން ގެންދިއުން
  • ސެކުރިޓީ ބަލަހައްޓާ މީހާގެ އިހުމާލުން ލިބޭ ގެއްލުންތަކަށް އެއިރަކު ޑިއުޓީގައި ހުންނަ ފަރާތުން ޒިންމާ ނަގައި އަދި މިނޫނަސް ދާންދޫ ކައުންސިލް އިން މަސައްކަތާއި ގުޅިގެން ހަވާލުކުރާ އެހެނިހެން މަސައްކަތެއް ކުރުމަށް އަންގައިފި ނަމަ އެކަމެއް ކުރަންވާނެއެވެ. ވަޒީފާ (ޑިއުޓީ) އަދާކުރަންޖެހޭނީ ދާންދޫ ކައުންސިލް އިން ހަމަޖައްސާފައިވާ ޑިއުޓީ ޝެޑިއުލާއި އެއްގޮތައް އަދި ދާންދޫ ކައުންސިލް އިންދެވޭ ކަމާއި ގުޅޭ ޚާއްޞަ ޔުނީފޯމުގައި އެވެ.
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  • ކައުންސިލް އިދާރާގެ މަސައްކަތާ ގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލް އަށް ޖަވާބުދާރީވުން
  • ތެދުވެރިކަމާއި އިންސާފުވެރިކަމާއި އެކު ސިޔާސީ ނުފޫޒުން އެއްކިބާވެ ޤަވާއިދާއި ކޯޑް އޮފް ކޮންޑެކްޓްގައިވާ ގޮތަށް ޕްރޮފެޝަނަލް ކޮށް މަސައްކަތްތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ކުރުން. އިންސާފު ވެރިކަމާއި، ތެދުވެރިކަމާއިއެކު ވަކިފަރާތަކަށް ނުޖެހި،  ސިޔާސީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ހުރެ މަތީގައިވާ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  • ލިޔަން ކިޔަން އެގުން

 

މަޤާމުގެ މަސައްކަތުގެ ދާއިރާ:

  • ސެކިއުރިޓީ ސާރވިސަސް

ތައުލީމީ ރޮނގުތައް:

  • -

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް  
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެދާއިރާއިންލިބިފައިވާތަޖުރިބާގެލިޔުން.
  6. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ޑްރައިވިން ލައިސަންސް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

މަސައްކަތުގެ ތަޖުރިބާ

5

އިންޓަވިއު

40

 

މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %70

އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ. 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 ފެބްރުއަރީ 2023 ގެ 14:00 ގެ ކުރިން،ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 14 ފެބްރުއަރީ 2023 އާއި 15 ފެބްރުއަރީ 2023 އާއި ދެމެދު (ދާންދޫ ކައުންސިލްގެ އިދާރާ) ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820026 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

31 ޖަނަވަރީ 2023