ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B1/422/2023/10
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:06
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީގައިއާންމު ދަނޑުވެރިކަންކުރާ ސަރަޙައްދު ނޫންތަންތާގައި ދަނޑުވެރިކަންކުރާ ބިންތަކާއި،ދަނޑުވެރިކަންކުރާ ސަރަޙައްދުގައިހުރި ހުސްބިންތަކުގައި ދަނޑުވެރިކަން ކުރުމާއިގުޅޭ:

ފިޔޯރީ ކައުންސިލުން ދަނޑުވެރިކަން ކުރުމަށްޓަކައި ކަނޑައަޅާފައިވާ ސަރޙައްދު ފިޔަވައި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަނެއްގައި ކައުންސިލްގެ ހުއްދަނެތި އެއްވެސް ފަރާތަކުން ދަނޑުވެރިކަން ކުރުމަކީ "ގދ.ފިޔޯރީއިން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރާ އުޞޫލު" ގެ ދަށުން މަނާކަމެކެވެ. އެހެންނަމަވެސް، މިހާރަކަށްއައިސް ބައެއް ފަރާތްތަކުން ކައުންސިލްގެ ހުއްދަ ހޯދުމެއްނެތި އެފަދަ ތަންތާގައި ދަޑުވެރިކަން ކުރަމުން ގެންދާކަން ކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ. އެހެންކަމަށްވުމާއެކު، މިއަދުން ފެށިގެން 3 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި އެފަދަ ތަންތާގައި އަމިއްލައަށް ކޮށްފައިވާ ދަނޑުގޮވާންތައް ނައްތައި ތަން ސާފްކުރުމަށް އާމުކޮށް އަންގަމެވެ. އަދި އެފަދަ ތަނެއްގައި ކައުންސިލްގެ ހުއްދަ ނުހޯދަވައި އެއްވެސް ފަރާތަކުން ދަނޑުވެރިކަން ނުކުރުމަށްވެސް ނަޞޭޙަތްތެރި ވަމެވެ.

އަދި ހަމައެއާއެކު، ފިޔޯރީ ދަނޑުވެރިކަންކުރާ ސަރަޙައްދުގައިހުރި ހުސްބިންތަކުގައި ބައެއް ފަރާތްތަކުން ދަނޑުވެރިކަން ކުރަމުންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވާތީ، އެފަދަ ބިންތަކުގެ ރަޖިސްޓްރީ ނުކުރެވޭހާ ހިނދަކު އެއްވެސް ފަރާތަކުން އެފަދަ ބިންތަކުގައި ދަނޑުވެރިކަން ނުކުރުމަށްވެސް އަންގަމެވެ.

9 ރަޖަބު 1444

31  ޖެނުއަރީ 2023

31 ޖަނަވަރީ 2023