ޢާންމު މަޢުލޫމާތު
ނަންބަރު: 1
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:06
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑު ބޭނުންކުރާނެ ގޮތުގެ އުޞޫލް

ފުޓްބޯޅަ ދަނޑު ބޭނުންކުރާނެ ގޮތުގެ އުޞޫލް

 

1 ފުޓްބޯޅަ ކުޅުން

(ހ) ކޮންމެ ދުވަހަކު ހަވީރު 4:00 އިން އިރުއޮށްސުމާ ހަމައަށް، ޒުވާނުން (ސްކޫލް ގްރޭޑް 9، 10 ގައި ކިޔަވާ ދަރިވަރުންވެސް ހިމެނޭގޮތަށް) ފުޓްބޯޅަ ކުޅުމަށް

 (ށ) ދަނޑުގައި ކުޅުން އެންމެ ރަންގަޅީ މެޗްބޫޓް (އުންޖެހި ބޫޓް) ގައެވެ. ދަގަނޑު އުންޖެހި ބޫޓް ބޭނުންކުރުމަކީ މަނާކަމެކެވެ. މިދަނޑުގައި ކުޅުމަށް އަލަށް ބޫޓުގަންނަ ފަރާތްތަކުން އުންޖެހި ބޫޓް ގަތުން އެދެވިގެންވެއެވެ.

(ނ) ދަނޑަށް ކުޅެން އަންނަ ފަރާތްތަކުން، ދަނޑަށް އަންނަންވާނީ ބޫޓަށް ނާރައި ބޫޓު ހިފައިގެން، ދަނޑަށް އަރަންވާނީ ފައިވާން ބަހައްޓަފައި ބޫޓުން ރަނގަޅަށް ވެލި ސާފުކޮށްގެން، ބޫޓަށް އަރަންވާނީ ދަނޑުގެ ޕޭވްމަންޓް މަތީ ނުވަތަ ވިނަގަނޑު މަތީގައި

(ރ) ކުޅެމުންދާ ވަގުތު ވެލިގަނޑު މައްޗަށް ބޯޅަ ބަލައިދާންޖެހިއްޖެ ނަމަ ދަނޑަށް އަރަންވާނީ ރަނގަޅަށް ބޫޓުން ވެލި ސާފުކުރުމަށްފަހު

(ބ) ކުޅެ ނިމިގެން ދަނޑުން ފައިބަންވާނީ ބޫޓް ބޭލުމަށްފަހު ބޫޓް އަދި އިސްޓާކީން ތެރެއަށް އެޅިފައިވާ ރަބަރުތަށް ސާފުކުރުމަށް ފަހުގައެވެ.

(ޅ) ދަނޑު މަތީގައި ކުޑަ ގޯލް ބަހައްޓައިގެން ކުޅޭނަމަ، ކުޅެންވާނީ އެކި  ދުވަހު ދަނޑުގެ އެކި ސަރަހައްދުގައެވެ.

 

2 އެކުވެރިކަމުގެ މެޗުތައް ކުޅުން

(ހ) އެކުވެރި ކަމުގެ މެޗުތައް ކުޅުމަށް ދަނޑު ދޫކުރާނީ ހުކުރު ދުވަހު ހަވީރު 4:00 އިން އިރު އޮއްސުމާ ދެމެދު އެވެ.

(ށ) މެޗުތައް ކުޅުމަށް ދަނޑު ދޫކުރެވޭނީ މެޗަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) ގެ ކުއްޔަކަށެވެ.

(ނ) މެޗުކުޅުމަށް ދަނޑު ދޫކުރެވޭނީ މިކައުންސިލްގެ އިދާރާގައި ރަޖިސްޓަރީ ކުރެވިފައިވާ ޓީމްތަކަށެވެ.

(ނ) ދަނޑުގައި މެޗު ކުޅުމަށް އެދޭ ޓީމްތަކުން ބްރާސްފަތިދުވަހުގެ 13:00 ގެ ކުރިން މެޗުކުޅުމަށް އެދޭ ފޯމާއި ދަނޑުގެ ކުލި ކައުންސިލްގެ އިދާރާ އަށް ހުށަހަޅަންވާނެއެވެ.

(ރ) ޖެހިޖެހިގެން 2 ހުކުރު ދުވަހު 1 ޓީމަކަށް މެޗު ކުޅުމަށް ދަނޑު ދޫކުރެވޭނީ އެހެން ޓީމަކުން މެޗުކުޅުމަށް ދަނޑު ހޯދުމަށް އެދި ހުށަހަޅާފައި ނުވާނަމައެވެ.

 

3 ކަސްރަތު ކުރާ ފަރާތްތަށް ކަސްރަތު ކުރުމަށް

(ހ) ކޮންމެދުވަހަކު ހެންދުނު 5:30 އިން 7:00 އަށް އަދި ހަވީރު 6:00 އިން ރޭގަނޑު 7:00 އަށް ކަސްރަތު ކުރާ ފަރާތްތަކުން ދަނޑު ބޭރު ރޮންގާއި ޕޭވްމަންޓާ ދެމެދު ދުވެ ހިނގާ ކަސްރަތު ކުރެވޭނެއެވެ.

(ނ) ދަނޑަށް ކަސްރަތު ކުރަން އަންނަ ފަރާތްތަކުން، ދަނޑަށް އަންނަންވާނީ ބޫޓް އަތުން ހިފައިގެން، ދަނދަށް އަރަންވާނީ ފައިވާން ބަހައްޓަފައި ބޫޓުން ރަނގަޅަށް ވެލި ސާފުކޮށްގެން، ބޫޓަށް އަރަންވާނީ ދަނޑުގެ ޕޭވްމަންޓް މަތީ ނުވަތަ ވިނަގަނޑު މަތީގައެވެ.

(ބ) ކަސްރަތުކޮށް ނިމިގެން ދަނޑުން ފައިބަންވާނީ ބޫޓް ބޭލުމަށްފަހު ބޫޓް އަދި އިސްޓާކީން ތެރެއަށް އެޅިފައިވާ ރަބަރުތަށް ސާފުކުރުމަށް ފަހުގައެވެ.

 

3 ދަނޑުގައި ކުޅުމަށާއި ކަސްރަތު ކުރުމަށް ކަނޑައެޅިފައިވާ ވަގުތުތައް ފިޔަވާ އެހެންވަގުތުތަކު ދަނޑަށް އެއްވެސް ފަރާތަކުން އެރުމަކީ މަނާކަމެކެވެ.

 

4 މި އުޞޫލްގަ ހިމެނިފައިނުވާ ބޭނުމަކަށް ދަނޑު ދޫކުރާނީ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

 

ނޯޓް: މި އުޞޫލް ފާސްކުރެވިފައިވަނީ އދ. ފެންފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 72 ވަނަ އާންމު ބައްދަލުވުމުގައެވެ.

31 ޖަނަވަރީ 2023