ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)290-ADMIN/290/2023/6
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 16 ފެބުރުވަރީ 2023 00:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއަށް އިންތިޙާބުކުރާ އާންމު މެންބަރުންގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލުގެ 61 ވަނަ އާންމު ބައްދަލުވުމުން ފާސްކޮށްފައިވާ، ނ.މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން ކޮމެޓީއެއް އެކުލަވާލުމަށްޓަކައި އެ މާއްދާގެ (ށ) ގެ 2 ވަނަ އަދަދުގައި ބަޔާންކުރާ ފަދައިން، ނ. މާފަރުގެ އާންމު ރައްޔިތުން ތަމްސީލް ކުރާ 05 (ފަހެއް) މެންބަރުން އިންތިޙާބުކުރަން ބޭނުންވެއެވެ.

ވީމާ، ތިރީގައިވާ ޝަރުތުތައް ހަމަވާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މި އިދާރައަށް ހުށަހެޅުއްވުންއެދެމެވެ.

 

ކޮމެޓީ މެންބަރުންގެ ޝަރުތު

(ހ) ދިވެހި ރައްޔިތެއްކަމުގައިވުން

(ށ) މާފަރުގެ ރަށްވެއްސަކަށްވުން

(ނ) މި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ މީހަކުކަމުގައިވުން

(ރ) އަމިއްލަ ނަމުގައި ނުވަތަ އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް ނުވަތަ ފްލެޓެއް ރެޖިސްޓްރީކޮށްފައި އޮތުން

31 ޖަނަވަރީ 2023