ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL/2023/PRISCO/01
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 06 ފެބުރުވަރީ 2023 15:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް އޮފިސަރ (1)

 

                                 އިޢުލާން

މިކޯޕަރޭޓިވް ގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

 

މަޤާމް

ރޭންކް

އެސިސްޓެންޓް ސޭލްސް އޮފިސަރ (1)

GS-1

 

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

 

މުސާރަ

 -/4100 ރުފިޔާ

 

ސަރވިސް އެލަވަންސް

ފުޑް/ލިވިންގ އެލަވަންސް 

 -/2000 ރުފިޔާ

 -/2000 ރުފިޔާ

 

ބޭނުންވާ އަދަދު

01  ( އެކެއް )

 

ވަޒީފާ އަދާކުރަންޖެހޭ ތަން

 ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ ޝޮޕް-2 / މާލެ ޖަލު

 

ޝަރުތު

 

1.  މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ

2. ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއި އެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން.

 

އެހެނިހެން އިނާޔަތްތައް

ޤަވައިދާއެއްގޮތް ވާގޮތުގެ މަތިން އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެއެވެ.

 

 

 

މަޤާމުގެ މަސްޢޫލިއްޔަތު

 

- ފިހާރައަށް ވިޔަފާރި ކުރަން އަންނަ ކަސްޓަމަރުންނާ ހިތްހެޔޮކަމާއި ހިނިތުންވުމާއެކު ޚިދުމަތްދިނުން.

- ފިހާރައަށް ލިބޭ ފައިސާ ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

- ފިހާރައަށް ބޭނުންވާ ތަކެތީގެ ލިސްޓް ތައްޔާރުކުރުން.

- ދުވަހުން ދުވަހަށް ވިކުރާތައްޔާރުކޮށް، ވިކުރާ ފައިސާ ޙަވާލުކުރަންޖެހޭ ފަރާތާއި ހަވާލުކުރުން.

- ފިހާރައިން މުދާ ވިއްކުމަށްފަހު ބިލް ހަދަންޖެހޭ ފަރާތްތަކަށް ބިލް ހެދުން.

- ފިހާރައިގެ ހަރުތަކުގައި މުދާ ޖަހައި ތަރުތީބުކުރުމާއި ފިހާރަ ފޮޅައި ސާފުކުރުން.

 

ނޯޓް:

ހުޅަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭނެގޮތައް ކޮންމެ ޞަފުހާއެއްގައި ނަންބަރ ޖެއްސެވުން އެދެމެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން 2023 ފެބްރުއަރީ 06 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ އިދާރީ އޮފީހަށް (ޣާޒީ ބިލްޑިންގ އެއްވަނަ ފަންގިފިލާ) ހުށަހެޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސޮސައިޓީގެ ނަންބަރު 3026134 އަށް ގުޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދޭ ފޯމް (މިފޯމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

 

 

 

ނޯޓް:

އެޕްލިކޭޝަންއާއިއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

 

08 ރަޖަބު 1444

30 ޖަނަވަރީ 2023

 

 

31 ޖަނަވަރީ 2023