ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2023/27
ޕަބްލިޝްކުރި ތާރީޚް: 31 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 05 ފެބުރުވަރީ 2023 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:

ކަސްޓަމަރ ސާރވިސަސް އެންޑް ބިލިންގ ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

03

މުސާރަ:

-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ؛

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ލެވެލް 04 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކޮންމެ މަހަކު ކޯލްސެންޓަރަށް އަންނަ ކޯލްތަކުގެ ތަފްސީލް ރިޕޯޓެއް ތައްޔާރުކޮށް، ޑިޕާޓްމަންޓްއާއި ހިއްސާކުރުން
  • ކޯލްތަކުގެ ތަފްސީލް، ކޯލް ސެންޓަރުގައި ބޭނުންކުރާ ސޮފްޓްވެއަރތަކަށް ގަވައިދުން އެންޓްރީކޮށް އެތަކެތި ބެލެހެއްޓުން
  • އެހީތެރިކަން ބޭނުންވެގެން ގުޅާ ފަރާތްތަކަށް، ކަމާބެހޭ އެހެނިހެން ޑިޕާޓްމަންޓްތަކާއެކު ވިލަރެސްކޮށް، ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް ވީ އެންމެ އަވަސްގޮތެއްގައި ކޯލް ސެންޓަރއަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދީ ކޯލް ލޮގްކުރުމުގެ މަސައްކަތްކުރުން
  • ކޯލް ސެންޓަރއަށް ޕޭމަންޓްސް ކަންތަކާގުޅާ ފަރާތްތަކަށް ޖަވާބު ދިނުމާއި ސޮފްޓްވެއަރގެ ތެރެއިން ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިން ޕޭމަންޓްތައް ޗެކްކޮށް ގުޅާ ފަރާތްތަކަށް ފޯރުކޮށްދިނުން
  • ހެލްޕް ޑެސްކްއަށް އަންނަ މެއިލްތައް ޗެކްކޮށް މެއިލްތަކަށް ޖަވާބުދިނުން
  • ކޯލް ސެންޓަރަށް އަންނަ ހުރިހާ ފޯނުކޯލުތަކަށް ޖަވާބުދިނުމާއި، އަދި އާންމު މީހާއަށް ދިމާވެފައިވާ މައްސަލައިގެ ހައްލު ހޯދައި ދިނުމަށް އޮންނަ އުސޫލުގެ ތެރެއިން ފަރުވާތެރިކަމާއެކު މަސައްކަތްކުރުން
  • ޝިފްޓް ޑިއުޓީއަށް މަސައްކަތްކުރުން
  • ކޯލު ސެންޓަރަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިއުންތައް ތައްޔާރުކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

05 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް 05 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

09 ރަޖަބު   1444

31 ޖަނަވަރީ 2023

31 ޖަނަވަރީ 2023