ވަޒީފާގެ ފުރުޞަތު
ނަންބަރު: IL/2023/3373
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:44
ސުންގަޑި: 08 ފެބުރުވަރީ 2023 15:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

 

މަޤާމް:

މަނިޓަރީ އެސިސްޓެންޓް 

ސެކްޝަން/ޑިވިޜަން:

އެކްސްޗޭންޖް ރޭޓް އެންޑް ރިޒަރވް މެނޭޖްމަންޓް ޕޮލިސީ ސެކްޝަން/މަނިޓަރީ ޕްލިސީ އެންޑް އެކްސްޗޭންޖް ރޭޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިކޮނޮމިކްސް / އެޕްލައިޑް އިކޮނޮމިކްސް / އިކޮނޮމެޓްރިކްސް / ކުއަންޓިޓޭޓިވް އިކޮނޮމިކްސް / މަނިޓަރީ އިކޮނޮމިކްސްއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން
  • ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން އެނގުން
  • އިކޮނޮމެޓްރިކް މޮޑެލިން އެންޑް އެނަލިސިސް، ޑޭޓާ އެނަލިސިސް ގެ ދާއިރާގެ ތަމްރީން އަދި ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މަނިޓަރީ އަދި އެކްސްޗޭންޖެ ރޭޓް ޕޮލިސީ އެކުލަވާލުމުގެ މަސައްކަތްކުރުން
  • މަނިޓަރީ އަދި އެކްސްޗޭންޖް ރޭޓް ޕޮލިސީ އެކުލަވާލުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި ޕޮލިސީ ނޯޓްތައް ތައްޔާރުކުރުން 
  • ރާއްޖޭގެ މަނިޓަރީ އަދި ފޮރިން އެކްސްޗޭންޖް މާރކެޓްގެ ހާލަތު ދެނެގަތުމަށް ހަަދަންޖެހޭ އެނަލިސިސްތައް ހެދުން
  • ރާެއްޖޭގެ ރަސްމީ ރިޒަރވް މެނޭޖްކުރުމުގެ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތްތައްކުރުން

 

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް ކައުންސެލް

ސެކްޝަން/ޑިވިޜަން:

ލީގަލް ސެކްޝަން/ގަވަރުނަރސް އޮފީސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާގެ މުއްދަތު:

ދާއިމީ ނުވަތަ ކޮންޓްރެކްޓް  (ދެ ފަރާތަށް އެއްބަސް ވެވޭގޮތަކަށް)

ކޮންޓްރެކްޓް ވަޒީފާގެ މުއްދަތަކީ 01 އަހަރެވެ (01 އަހަރު ވުމުން ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކޮންޓްރެކްޓް އާކުރުމުގެ ނުވަތަ ދާއިމީ ވަޒީފާއަކަށް ބަދަލު ކުރުމާމެދު ގޮތެއް ނިންމުމުގެ ފުރުސުތު އޮންނާނެއެވެ).

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • ރާއްޖޭގެ ޤާނުނުތަކާ ޤަވާއިދުތަކާ އަދި ރާއްޖޭގެ ކޯޓުތަކުގެ އިޖުރާޢަތްތަކާ ބެހޭ މައުލޫމާތު ހުރުން
  • ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސި ބަހުން (ޢާންމު އަދި ޤާނޫނީ ބަސްމަގުން) ލިޔެކިޔުމާއި މުޢާމަލާތުކުރުމުގެ ހުނަރާ ތަޖްރިބާ ލިބިފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ·      އެމްއެމްއޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އެމްއެމްއޭގެ މަސައްކަތްތަކަށްް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ޑްރާފްޓް ކުރުމާއި ތަރުޖަމާ ކުރުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

އޮޕަރޭޝަންސް އެންޑް ސަރވިސަސް ސެކްޝަން/ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ބިޒްނަސް އެނަލިސިސް އާއި ގުޅޭ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ
  • އަމިއްލަ އިސްނެގުމާއެކު އަމިއްލައަށާއި މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޝަޢުޤުވެރިކަން ހުރުން
  • ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން އެނގުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އޮތޯރިޓީގެ އެކިއެކި ބިޒްނަސް ޕްރޮސެސްތައް ދިރާސާކޮށް އަދި ބޭނުންކުރަމުންދާ އިންފޮމޭޝަން ޓެކްނޮލޮޖީ ސިސްޓަމްސްތައް ދިރާސާކޮށް އޮތޯރިޓީގެ މަސައްކަތްތައް ތަރައްޤީކުރުމަށް ބޭނުންވާނެ ސިސްޓަމްސްތައް ހުށަހެޅުން
  • އޮތޯރިޓީގެ އެކިއެކި ޑިވިޜަންތަކުގެ ބިޒްނަސް ރިކުއަރމަންޓްތައް ދެނެގަނެ، ޕްރޮގްރާމް ހަދާ ފަރާތްތަކަށް ބޭނުންވާނެހެން ޓެކްނިކަލް ރިކުއަރމަންޓްސް ތައްޔާރުކުރުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޑިވަލަޕްމަންޓް އެންޑް ޓެކްނޮލޮޖީ ޕްރޮޖެކްޓްސް ސެކްޝަން/ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • އާންމުކޮށް ބޭންކުރަމުންދާ ޕްރޮގްރާމިން ލެންގްއޭޖް އެނގުމާއެކު އެމްވީސީ ފަދަ ޑިޒައިނިން ޕެޓަރންގެ މައުލޫމާތު ލިބިފައިވުން
  • ސީއެސްސީ، ރެސްޓް/ރެސްޓްފުލް  ފަދަ ފްރޭމްވަރކް ބޭނުންކޮށް ފޮރޮންޓް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްކުރުމުގެ މައުލޫމާތު ލިބިފައިވުން
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ފުލް ސައިކަލް އެނގުން
  • ލިނަރކްސް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރަން އެނގުމާއި ސަރވަރ މެނޭޖްކުރަން އެނގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އޮތޯރިޓީގެ މަސައްކަތަށް ބޭނުންވާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް ޑިޒައިން ކުރުމާއި ޑިވެލޮޕްކުރުމާއި އެޑްމިނިސްޓަރ ކުރުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

08 ފެބުރުވަރީ 2023 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގެރޭސި ބަހުގެ ނަތީޖާއަށެވެ.

30 ޖަނަވަރީ 2023