ޑިރެކްޓަރ
އީ.އެކްސް 1
|
މަޤާމު:
ރޭންކް:
|
ޑިރެކްޓަރ
|
ކްލެސިފިކޭޝަން
|
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލުގެ އިދާރާ
-
|
އޮފީސް / އިދާރާ
ސެކްޝަން
|
ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ/ ފ. ބިލެތްދޫ
-/8,835 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
މުސާރަ:
|
-/2,000 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
1 (އެކެއް)
|
ބޭނުންވާ އަދަދު:
|
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހާ ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
- އިދާރާގެ އިދާރީ ކަންކަން ބެލެހެއްޓުމާއި، ދައުލަތުގެ އެކި މުއައްސަސާތަކަށް ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީވުން.
- އިދާރާގެ މުދަލާއި، ފައިސާއާ ބެހޭ އެންމެހާ ކަންތައްތައް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ އެއްގޮތަށް ކައުންސިލްގެ ލަފާގެ މަތީން ބެލެހެއްޓުން.
- ކައުންސިލް ހިނގި ގޮތުގެ ރިޕޯޓާބެހޭ މިނޫންވެސް ދައުލަތުގެ ކަމާބެހެ ފަރާތްތަކަށް އެކި މުއްދަތަށް ފޮނުވަންޖެހޭ ރިޕޯޓު ފޮނުވުމުގެ ކަންތައްތައް ބެލެހެއްޓުން.
- އިޖްތިމާޢީ ގޮތުން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުމާއި، އިޖްތިމާޢީ ރޫޙު އާލާކުރުމުގެ ގޮތުން ކުރަންހުރި ކަންތައްތައް ރާވައި ހިންގުން.
- ރަށަށް ވަޑައިގަންނަވާ އިއްޒަތްތެރިންނާއި، ވަފްދުތަކުގެ ކަންތައްތައް ބެލެހެއްޓުމާއި، ބައްދަލުވުންތަކާއި ކޮންފަރެންސްތައް އަދި މިނޫންވެސް މިފަދަ ބައްދަލުވުންތައް އިންތިޒާމްކޮށް ބެލެހެއްޓުން.
- ފ.ބިލެތްދޫ ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި، ބަނދަރު ހެޔޮގޮތުގައި ބޭނުންކުރުމާ ގުޅޭ އެންމެހާ ކަންތައްތައް ކައުންސިލްގެ ލަފާގެ މަތިން ކޮށް ބެލެހެއްޓުން.
- ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓަރީ ކުރުމަށްފަހު ބޭނުންކުރުން.
- ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން އެ މިނިސްޓްރީތަކާއި އޮފީސްތަކަށް ކައުންސިލް މެދުވެރިކޮށް ރަށުގައި ދޭން ކަނޑައަޅާ ޚިދުމަތްތައް ދިނުމާއި ރަށުގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކަށް ބޭނުންވާ އިދާރީ އެހީތެރިކަންދިނުން.
- އިދާރާގެ ޓްރޭނިންގެ ރިކުއަރމަންޓް ތައްޔާރުކޮށް ބެލެހެއްޓުމާއި މުވައްޒަފުންގެ ޓްރޭނިންގ ކަންތައް ބެލެހެއްޓުން.
- ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ ނިޔަލަށް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރުގެ ބަޖެޓް ތައްޔާރުކުރުމާއި ރަށު ކައުންސިލްގެ ބަޖެޓް ހިނގާ އަހަރުގެ ޖުލައި 31 ގެ ނިޔަލަށް ހޯދާ ކަމާބެހޭ ފަރާތުން އަންގަވާ ތާރީޚަށް ފޮނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
- ލިބިފައިވާ ހުނަރު
- އިމްތިޙާނު
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ޖަނަވަރީ 4 އާ 2015 ޖަނަވަރީ 15 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގެ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަވިއުއަށް އަދި އިމްތިހާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. |
އިންޓަރވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
2014 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. (އީމެއިލް:[email protected] / ފެކްސް ނަންބަރު: 3303648) |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
އުޖޫރައާއި އިނާޔަތްތައް: |
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|