ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:2002/1) ގެ 41 ވަނަ މާއްދާއިން ބާރުލިބިގެން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލައްވައި ގެޒެޓް ކުރައްވާފައިވާ، ޤަވާޢިދު ނަމްބަރު:R-181/2022 "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ) އިން ބިމުގެ އަގު ކަނޑައެޅުމަށް ކައުންސިލްތަކަށް ލާޒިމްކޮށްފައިވާތީ، 16 ޖަނަވަރީ 2023 ން ފެށިގެން މާލެއަތޮޅު ދިއްފުށިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ސަރުކާރަށް ދައްކަންޖެހޭ އަގެއްގެ ގޮތުގައި މިކައުންސިލުން ކަނޑައަޅާފައިވަނީ އެއްފަރާ ދައްކާނަމަ އަކަފޫޓަކަށް 50.00 (ފަންސާސް ރުފިޔާ) އެވެ. ފައިސާ ދައްކާ މުއްދަތު 6 (ހައެއް) މަސްދުވަހަށް ބަހާލައިގެން ދައްކާނަމަ އަކަފޫޓަކަށް 70.00 (ހަތްދިހަ ރުފިޔާ) އެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.