މަސައްކަތް
                	
                ނަންބަރު: (IUL)346/346/2023/06
                    ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2023
                    ޕަބްލިޝްކުރި ގަޑި:  12:38
                                            ސުންގަޑި: 
                            05 ފެބުރުވަރީ 2023 13:30
                        
                    
                އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ހިމަންދޫ ފުޓްސަލް ދަނޑުގެ މަރާމާތު މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ
                                އިޢުލާން
| 
 ހިމަންދޫ ފުޓްސަލް ދަނޑުގެ މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ  | 
ހިމަންދޫ ފުޓްސަލް ދަނޑު މަރާމާތުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ކަމަށް އެދި ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތައް ބިޑް ރަޖިސްޓްރީކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދި ދެންނެވީމެވެ.
- 1. ބިޑް ރަޖިސްޓްރޭޝަން
 
- 2023 ފެބްރުއަރީ 5 ވަނަ ދުވަހުގެ 12:30 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރަންވާނީ މި ކައުންސިލްގެ މެއިލް [email protected] އަށް ތިރީގައި މި ދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ.
 - ވިޔަފާރީގެ ނަން
 - ވިޔަފާރީގެ ރަޖިސްޓްރީ ނަމްބަރ
 - ވެރިފަރާތުގެ ނަން
 - ވެރިފަރާތާއި ގުޅޭނެ ނަމްބަރ
 - އީމެއިލް އެޑްރެސް
 - ބިޑް ރެޖިސްޓްރީ ކުރި މަސައްކަތުގެ ނަން
 
- 2. އަގު ހުށަހަޅަންވީ ގޮތް
 - ބިޑް ހުށަހަޅުން އޮންނާނީ 2023 ފެބްރުއަރީ 05 ވާ އާދިއްތަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
 - އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
 - އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
 - ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލަޔެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަމްބަރ އަދި ތިރީގައި އެޑްރެސް ކުރެވިފައިވާ ގޮތައް އެޑްރެސް ކުރެވިފައި ހުންނަންވާނެއެވެ.
 
" ހިމަންދޫ ފުޓްސަލް ދަނޑު މަރާމާތު ކުރުމާއި ގުޅޭ "
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
އއ.ހިމަންދޫ / ދިވެހިރާއްޖެ
- 3. ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
 - ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
 - ވިޔަފާރީގެ ޕްރޮފައިލް ( މަޢުލޫމާތު ފޯމް ) މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ
 - އަންދާސީ ހިސާބު ހުށަހަޅާ ފޯމް ( މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ )
 
4. ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު
ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:
- އަގު 90%
- މުއްދަތު 5%
- ތަޖުރިބާ 5%
- އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
 - އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތަށެވެ.
 - އަންދާސީހިސާބު އިވެލުއޭޓް ކުރުމުގައި އެންމެ ދިގު ވޮރަންޓީމުއްދަތު ވޮރެންޓީ ބެންޗްމާރކްގެ ގޮތުގައި ބެލޭނެއެވެ.
 - ބިޑް އިވެލުއޭޓް ކުރާނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީއިންނެވެ.
 - ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
 
5. އިތުރު މަޢުލޫމާތު ސާފުކުރުން
- ވިޔަފާރީގެ ވެރިފަރާތް ފިޔަވާ އެހެން ފަރާތެއްގެ ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
 - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.
 
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
                30 ޖަނަވަރީ 2023