މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-349926
|
ބޭނުންވާ އަދަދު:
|
އެކެއް(1)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް.އެސް.2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ގދ.ހޯނޑެއްދޫ ހެލްތް ސެންޓަރ
|
މުސާރަ:
|
6295.00
|
ސަރވިސް އެލަވަންސް:
|
2000.00
|
އެހެނިހެން އެލަވަންސް:
|
- ސަޕޯޓިންކޯ އެލަވްންސް:900
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓިބިއުޝަން
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
- މީގެ އިތުރުން މަޤާމަށް ކަޑައެޅިފައިވާ އިނާޔަތްތައް
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޞިއްހީ މަރުކަޒް ހިންގެވުމާ ޙަވާލުވެފައިވާ ފަރާތުގެ މަސައްކަތުގައި އެހީތެރިވުމާއި، ޒިންމާދާރު ވެރިއެއްގެ މަސްއޫލިއްޔަތުގެ ތެރެއިން ޞިއްޙީމަރުކަޒުގެ އެންމެހާ ކަންތައްތައް ބަލަހައްޓައި، ޚިދުމަތަށް ދަތިވިޔަ ނުދިނުމަށް ހޮސްޕިޓަލުގެ އިސްވެރިންގެ ލަފައާއި އެކު މަސައްކަތްކުރުން.
- ޞިއްޙީ މަރުކަޒުގެ ސިވިލް ސަރވިސް މުވައްޒަފުންގެ ކަންކަން ބެލެހެއްޓުން (ޚާޒިރީ ، ޕާރސަނަލް ފައިލް ، މުވައްޒަފުންގެ ރަޖިސްޓްރީ ، ވަޒީފާ ބަޔާން/އެއްބަސްވުން) ސިވިލްސާވިސް ޤަވާއިދު ތަންފީޒްކޮށް ބެލެހެއްޓުން، މުވައްޒަފުން ވަޒީފާއަށް ލެއްވުމާއި ވަކިކުރުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
- ޞިއްޙީ މަރުކަޒުގެ ކޮންޓްރެކްޓް މުވައްޒަފުންގެ އެންމެހާ ކަންކަން ބެލެހެއްޓުން (ޚާޒިރީ ، ޕާރސަނަލް ފައިލް ، މުވައްޒަފުންގެ ރަޖިސްޓްރީ ، ވަޒީފާ ބަޔާން/އެއްބަސްވުން، ކޮންޓްރެކްޓް އާކުރުން) އަދި ވަކިވާ މުވައްޒަފުންގެ ބަދަލުގައި މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- ޞިއްޙީ މަރުކަޒުގެ ސްޕަވައިޒްކުރަން ހަވާލުވެފައިވާ މުވައްޒަފުންގެ ޓާގެޓް ކަނޑައަޅައި، މަސައްކަތުގެ އެޕްރައިސަލް ގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން ކުރިޔަށް ގެންދިއުން.
- މިނިސްޓްރީ އޮފް ހެލްތުގެ ގާނޫންތަކާއި ޤަވާޢިދުތައް އަދި މިނިސްޓްރީގެ އުސޫލްތައް ތަންފީޒުކުރުމަށާއި، ދެމެހެއްޓެވުމަށް ބާރުއަޅާ، މުވައްޒަފުން ޤަވާޢިދާ އެއްގޮތަށް އުޅުމަށް ބާރުއެޅުން އަދި ގާނޫނާއި ގަވާއިދާއި ޙިލާފްވާ މުވައްޒަފުންނަށް ސިވިލް ސަރވިސް އުސޫލްގެ ތެރެއިން ފިޔަވަޅު އެޅުން.
- އާމްދަނީ ރިޕޯރޓް ތިޖޫރީ ރިޕޯރޓް ހޮސްޕިޓަލަށް ޤަވާއިދުން ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން އަދި އާސަންދަ އަދި އެހެނިހެން ކްރެޑިޓް ސްކީމްތަކުން ފަރުވާ ހޯދާ ބަލިމީހުންނަށް ފަރުވާދިނުމަށްފަހު އެތަންތަނަށް ޤަވާއިދުން ބިލް ފޮނުވަމުންދޭތޯ މޮނިޓަރ ކޮށް ބެލެހެއްޓުން.
- މުވައްޒިފުންގެ މުސާރަ ޝީޓް ތައްޔާރު ކުރަނީ ރަނގަޅަށްތޯ ބަލާ މުސާރަ ޝީޓް ހޮސްޕިޓަލަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
- ދައުލަތުގެ މާލިއްޔަތު ޤަވާއިދު އަދި މިނިސްޓްރީ އޮފް ހެލްތުގެ އުސޫލްތަކާއި އެއްގޮތަށް، ޞިއްޙީ މަރުކަޒުތަކުގެ ސްޓޮކް، އިންވެންޓްރީގެ ކަންތައްތައް ރަނގަޅު އިންތިޒާމެއްގެދަށުން ކުރިއަށްގެންދޭތޯ ބަލައި މޮނިޓަރ ކޮށް، ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒުގައި ގިނަ ދުވަސްވުމާއި ހަލާކުވުމާއި ގުޅިގެން ނީލަންކިޔަންޖެހޭ ތަކެއްޗާއި ނައްތާލަންޖެހޭ ތަކެތި ނީލަންކިއުން ނުވަތަ ނައްތާލުމުގެ މަސައްކަތްކުރުމަށް ބާރުއަޅައި އެމަސައްކަތް ކުރިއަށްގެންދާގޮތް ބަލައި މޮނިޓަރކޮށް ވިލަރެސްކުރުން.
- ސިއްޙީމަރުކަޒަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމުގެ މަސައްކަތްތަކާއި، މަރާމާތު ކުރަންޖެހޭ ތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތްބަލައި، ހޮސްޕިޓަލުގެ ކަމާއި ގުޅޭ ޑިޕަރޓްމަންޓް ތަކާއި ގުޅިގެން ޚިދުމަތް ހޯދުމަށް އަންނަ މީހުންނަށް ދަތިނުވާނެހެން ކަންތައްތައް ރާވާ އިންތިޒާމްކުރުވުން.
- ޞިއްޙީ މަރުކަޒުގައި ބޭނުންކުރާ އެންމެހާ ލިޔެކިޔުންތައް ފައިލްކޮށް ރައްކާކުރުމަށް މުވައްޒަފުންނަށް ބާރުއަޅައި އެކަންތައްތައް ކުރިއަށްގެންދާގޮތް ބަލައި އެކަން ކުރުވުން.
- ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ އަހަރީ ރިޕޯރޓް ލިޔެ ތައްޔާރުކޮށް ހޮސްޕިޓަލަށް ފޮނުވުން.
- ޞިއްޙީ ޚިދުމަތްތެރިން މެދުވެރިކޮށް މިމިނިސްޓްރީ އޮފް ހެލްތުން ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އާއްމު ސިއްހަތުގެ ޕްރޮގްރާމްތައް މޮނިޓަރކޮށް ފޮނުވަންޖެހޭ ރިޕޯޓް ތައް ފޮނުވަމުންދޭތޯ ޔަޤީންކުރުން.
- ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސަސް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި، އަހަރީފީއާއި ރޯޑްވާދިނަސް ކަނޑައެޅިފައިވާ މުއްދަތަށް، މުއްދަތުގައި ދެއްކުމަށް ބާރުއަޅާ އެކަންކަން ކުރުވުން.
- އަތޮޅުތެރޭގެޞިއްޙީ ޚިދުމަތްދޭތަނުގައި ވިހާމަރުވާ މީހުންގެ ފޯރމްތައް ގެމެން ފޯރމަށް އެޅޭތޯކަށަވަރުކުރުން.
- ޞިއްޙީ މަރުކަޒުތަކުން މިނިސްޓްރީ އޮފް ހެލްތަށް ފޮނުވަންޖެހޭ މަންތްލީ އެކްޓިވިޓީ ރިޕޯރޓްތައް ޤަވާއިދުން މިނިސްޓްރީ އޮފް ހެލްތަށް ފޮނުވޭތޯ ޔަޤީންކުރުން.
- ޖަވާބު ދޭންޖެހޭ ސިޓީ، މެސެޖް އަދި ހޮސްޕިޓަލުން ރިކުއެސްޓްކުރާ މައުލޫމާތު ޙަވާލުވެ ހުންނަވާ ވެރިޔެއްގެ އިރުޝާދާ އެއްގޮތަށް ލިޔެ ތައްޔާރުކޮށް ފޮނުވުން.
- ރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް އޮފީސް ހުޅުވުމާއި ލެއްޕުމާއި ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެޙޭ ހާލަތް ތަކުގައި އިސްވެރިއެއްގެ ހުއްދައާއެކު ހޫޅުވާ ލެއްޕުން.
- މަރުކަޒުގައި ހިންގާ އެކިއެކި ހެލްތު ޕްރޮމޯޝަން އެކްޓިވިޓީސްތައް ރާވައި ހިންގުން.
- މުވައްޒަފުންގެ ބައްދަލުވުންތައް ގަވާއިދުން ބާއްވައި ޔައުމިއްޔާ ލިޔެ ބަލަހައްޓަމުންދާކަން ޔަޤީންކޮށް އެކަން ބެލެހެއްޓުން.
- ސިއްޙީ އެމަރޖެންސީ ތަކާ، ޕެންޑަމިކް އަދި ކާރިސާ ތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.
- ސިއްޙީމަރުކަޒަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމުގެ މަސައްކަތްތަކާއި، މަރާމާތު ކުރަންޖެހޭ ތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތްބަލައި، ހޮސްޕިޓަލުގެ ކަމާއި ގުޅޭ ޑިޕަރޓްމަންޓް ތަކާއި ގުޅިގެން ޚިދުމަތް ހޯދުމަށް އަންނަ މީހުންނަށް ދަތިނުވާނެހެން ކަންތައްތައް ރާވާ އިންތިޒާމްކުރުވުން.
- ސިއްޚީމަރުކަޒުގެ އަހަރީ ރިޕޯރޓް ތައްޔާރުކުރުން.
- ސިއްޚީމަރުކަޒުގެ އެމްބިއުލާންސަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އަހަރީ ފީއާއި ރޯޑްވާދިނަސް ކަނޑައެޅިފައިވާ މުއްދަތަށް، މުއްދަތުގައި ދެއްކުމަށް ބާރުއަޅާ އެކަންކަން ކުރުން
- ޖަވާބް ދޭންޖެހޭ ސިޓީ، މެސެޖް އަދި ހޮސްޕިޓަލުން ރިކުއެސްޓް ކުރާ މަޢުލޫމާތު ހަވާލުވެ ހުންނަވާ ވެރިޔެއްގެ އިރުޝާދާ އެއްގޮތަށް ލިޔެތައްޔާރުކޮށް ފޮނުވުން.
- ސިއްޚީމަރުކަޒު ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން.
- މުވައްޒަފުންގެ ބައްދަލުވުންތައް ޤަވާޢިދުން ބާއްވައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
- އިދާރީ މަސައްކަތް ކުރައްވާ މުވައްޒަފުންގެ މަސައްކަތް ސްޕަރވައިޒްކުރައްވާ މުވައްޒަފުންގެ ޓާގެޓް ކަނޑައަޅައި، މަސައްކަތުގެ އެޕްރައިސަލް ގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުން ކުރިޔަށް ގެންދިއުން.
- އިންވެންޓްރީގެ ކަންތައްތައް ރަނގަޅު އިންތިޒާމެއްގެދަށުން ކުރިއަށްގެންދޭތޯ ބަލައި މޮނިޓަރ ކޮށް، ބެލެހެއްޓުން.
- ގިނަ ދުވަސްވުމާއި ހަލާކުވުމާއި ގުޅިގެން ނީލަންކިޔަންޖެހޭ ތަކެއްޗާއި ނައްތާލަންޖެހޭ ތަކެތި ނީލަންކިއުން ނުވަތަ ނައްތާލުމުގެ މަސައްކަތްކުރުމަށް ބާރުއަޅައި އެމަސައްކަތް ކުރުން.
- ހަރުމުދަލުގެ ހާލަތު ބަލަހައްޓައި ރެޖިސްޓްރީ މެއިންޓެއިންކޮށް ބަލަހައްޓަމުންދޭތޯ ބަލައި އެކަން ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ ލެވެލް 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 2އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ކަސްޓަމަރ ކެއަރ
- ބަޕްލިކް އެޑްމިނިސްޓްރޭޝަން
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ކަސްޓަމަރ ކެއަރ
- ބަޕްލިކް އެޑްމިނިސްޓްރޭޝަން
ގުޅޭވަޒީފާގެ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމަންޓް
- ކަސްޓަމަރ ސަރވިސް
މަޤާމުގެ ކޯޑިސިޕްލިން
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.
(ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް) ހިމެނުމަށް)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
އަސާސީ ޝަރުތު ހަމަވުމުން
|
30
|
އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމު
|
5
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާއި ގުޅޭ ސަނަދަކަށް ދެވޭ ޕޮއިންޓް
|
5
|
އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
އެސެސްމަންޓް( އިމްތިހާން ނުވަތަ ޕްރަކްޓިކަލް)
|
20
|
އިންޓަރވިއު
|
35
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 ފެބްރުއަރީ 2022ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ގެ ކުރިން، ހޯނޑެއްދޫ ސިއްޙީމަރުކަޒުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީޑީއެފް ކުރުމަށްފަހު ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ، 10 ފެބްރުއަރީ 2022 އާއި 20 ފެބްރުއަރީ އާއި ދެމެދު ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6842613 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|