މަސައްކަތް
ނަންބަރު: (IUL)221-AF/221/2014/60
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 17 ޑިސެންބަރު 2014 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަލަންޑަރު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

އެލް.ޖީ.އޭ ގެ 2015 ވަނަ އަހަރުގެ ކަލަންޑަރު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

އެ.ލް.ޖީ.އޭ ގެ 2015 ވަނަ އަހަރުގެ ކަލަންޑަރު ފަރުމާކޮށް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން ނަންބަރު IUL)221-AF/221/2014/58) އާ ހަވާލާދީ ދަންނަވަމެވެ. އެ އިއުލާނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވަންޖެހޭ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން ކުރިން ކުރެވުނު އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ ޚިދުމަތް ފޯރުކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 ޑިސެންބަރު 17 ވާ ބުދަ ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް (ކުރީގެ އެޓޯލް ޕޯސްޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 ޑިސެންބަރު 22 ވާ ހޯމަ ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މި ފުރުޞަތުގައި ދަންނަވަމެވެ.

22 ޞަފަރު 1436

14 ޑިސެންބަރު 2014