މަސައްކަތް
ނަންބަރު: (IUL)321-A/321/2023/24
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 18:07
ސުންގަޑި: 05 ފެބުރުވަރީ 2023 10:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫ މަސްޖިދުއްސަޢާދާގެ މުންނާރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

  (IUL)321-A/321/2023/24 :ނަންބަރު

އިޢުލާން

ބ.ތުޅާދޫ މަސްޖިދުއްސަޢާދާގެ މުންނާރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

ބ.ތުޅާދޫ، މަސްޖިދުއްސަޢާދާގެ މުންނާރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތުގެ ތަފްސީލް މި އިދާރާއިން ދޫކުރާ (ބ.ތުޅާދޫ، މަސްޖިދުއްސަޢާދާގެ މުންނާރު މަރާމާތުކޮށް ދިނުމަށް އަގު ހުށަހަޅާ ފޯމް) އަގުބަލާ ފޯމާއި އެއްހީރަސްކުރެވިފައި ވާނެއެވެ.

އަގުބަލާ ފޯމްތައް ބަލައިގަތުމަށާއި ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

2023 ފެބްރުއަރީ 05 ވާ އާދިއްތަ ދުވަހުގެ 10:00 ގައި

އިތުރު މަޢުލޫމާތު:

  • އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ބ.ތުޅާދޫ، މަސްޖިދުއްސަޢާދާގެ މުންނާރު މަރާމާތުކޮށްދިނުމަށް އެދި" މިފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި އަގުބަލާ ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

            ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2023 ފެބްރުއަރީ 05 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

07 ރަޖަބު  1444

29 ޖަނަވަރީ 2023