ބީލަން
ނަންބަރު: (IUL)266-PR/266/2023/29
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 07 ފެބުރުވަރީ 2023 10:15
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދުތައް ކުނިކަހާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކޮންޓްރެކްޓް އެސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކުޅުދުއްފުށީގެ އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ފަހަރު ކުރެވުނު ނަންބަރ (IUL) 266-PR/266/2023/9 (15 ޖަނަވަރީ 2023) އިޢުލާނަށް ޞައްޙަ އަންދާސީ ހިސާބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް:https://forms.office.com/r/6fr6V2Pwft

ތަފްސީލް

ތާރީޚް

ގަޑި

ޕްރީ ބިޑް މީޓިންގ (މައުލޫމާތު ސެޝަން)

‏02‏ ފެބްރުއަރީ‏ 2023‏ (ބުރާސްފަތި‏)

10:15

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏07‏ ފެބްރުއަރީ‏ 2023‏ (އަންގާރަ‏)

10:15

އަންދާސީ ހިސާބު ހުށަހެޅުން

‏08‏ ފެބްރުއަރީ‏ 2023‏ (ބުދަ‏)

10:15

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177 ނުވަތަ 6527166 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން 29 ޖަނަވަރީ 2023 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

 

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

29 ޖަނަވަރީ 2023