ދިވެހިރާއްޖެ
މަޤާމު: އެސިސްޓެންޓް ސާރވޭއިން އޮފިސަރ
ޑިޕާޓްމަންޓް: ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް
ޝެކްޝަން: ސާރވޭއިން އެންޑް މެޕިންގ
އަދަދު: 1
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- މަތީ ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ
- ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ހުޅުމާލޭގެ ބިންތައް ސާރވޭކުރުމާއި އަދި އޭގެ މަޢުލޫމާތުތައް އަޕްޑޭޓުކޮށް ބެލެހެއްޓުން.
- ހުޅުމާލޭގެ މެޕްތައް ދުވަހުން ދުވަހަށް އަޕްޑޭޓުކުރުމުގައި އެހީތެރިވުން.
- ހުޅުމާލޭގެ ބިންތައް ސާރވޭކުރުމަށް ބޭނުންކުރެވޭ އާލާތްތައް މެއިންޓެއިންކޮށް ބެލެހެއްޓުން.
- ޖިއޮގްރެފިކް އިންފޮމޭޝަން ސިސްޓަމް "GIS" ތަރައްޤީކޮށް އަޕްޑޭޓު ކުރުމުގައި އެހީތެރިވެދިނުން.
- ޕްލޭނިންގ ޑިޕާޓްމެންޓުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓުމާއި އަދި މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:
- އޮޓޯ ކެޑް ބޭނުންކުރަން އެނގުމާއި ސާރވޭ އިކުއިޕްމަންޓުތައް ބޭނުންކުރަން އެނގުން.
- އެމް.އެސް. އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން
- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
- މި ވަޒީފާއަށް މީހުން ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
މުސާރަ: -/5000ރ (އެލަވަންސްތަކާއެކު މަދުވެގެން -/9830ރ ލިބޭނެއެވެ.)
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
............................................................................................................
މި ވަޒީފާތަކަށް މުވައްޒަފުން ޢައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތް ކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލޭއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
1 ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް 3 ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ
މާލެ، ދިވެހިރާއްޖެ ނުވަތަ ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު:3336755 ފޯނު: 3353535
ފެކްސް : 3335892 ފެކްސް : 3358892