ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2023-31
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 06 ފެބުރުވަރީ 2023 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން

ކޯއޮޕަރޭޓިވް އެޑިއުކޭޝަން(ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން

މި ކޯޕަރޭޝަންގެ ނަންބަރު(IUL)RDC-HRM-RDC-2023-14 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، އަލުން އިޢުލާން ކުރަމެވެ.

 ދާއިރާ:

 އެސިސްޓެންޓް އައި.ސީ.ޓީ އޮފިސަރ

 ބޭނުންވާ އަދަދު:

 01 (އެކެއް)

 ގިންތި:

 ކޮންޓްރެކްޓް (06 މަސް)

 އެލަވަންސް:

 މަހަކު -/4000 ރުފިޔާ

 މަސައްކަތް ކުރަން ޖެހޭތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަންގެ ސަރވަރތައް ބެލެހެއްޓުމުގައި އެހީވުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް ސަރވަރތަކުގެ ހާލަތު ބަލައި އެތަކެއްޗާމެދު ޔުނިޓު ހިންގަވަން ހުންނަ ވެރިޔަކު ދެއްވާ އިރުޝާދުގެ ދަށުން ޢަމަލުކުރުން.

- ކޯޕަރޭޝަންގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަލަށް ގެންނަ ކޮމްޕިއުޓަރ ސިސްޓަމްތަކާއި އައިޓީ އިކުއިޕްމަންޓް އިންސްޓޯލްކުރުން.

- ކޯޕަރޭޝަންގެ ކޮމްޕިޔުޓަރ ނެޓްވާރކް، ފަޔަރވޯލް އަދި ވައިފައި ޑިވައިސްތައް ސެޓްކޮށްދިނުމުގެ އިތުރުން އެތަކެތި ބެލެހެއްޓުން.

- ކޯޕަރޭޝަންގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމާއި ސީ.ސީ.ޓީވީ ކެމެރާއާއި އަދި އެތަކެތީގެ ރެކޯޑްސް ބެލެހެއްޓުން.

- ކޯޕަރޭޝަންގައި ބޭނުންކުރާ ޚާއްސަ ސޮފްޓްވެއަރތައް ބެލެހެއްޓުމާއި އެއާއި ގުޅުންހުރި ވަސީލަތްތައް ސެޓްކޮށްދިނުމާއި ޑޭޓާބޭސް ބެކަޕް ބެލެހެއްޓުން.

- ކޯޕަރޭޝަންގެ ފަރާތުން ހިންގާ ކަންތައް ތަކާއި އަތޮޅު ތެރޭގައި މިކޯޕަރޭޝަންގެ ފަރާތުން އައި.ޓީ ސަޕޯޓް ދޭންޖެހޭ ރަށްރަށަށް ސަޕޯޓް ދިނުމުގެ އިތުރުން، އެރަށަކަށް ދާންޖެހިއްޖެ ހާލަތެއްގައި އެރަށަކަށްގޮސް މަސައްކަތް ކުރުން.

- ކޯޕަރޭޝަންގެ އެކިއެކި ކޮމްޕިޔުޓަރ ސިސްޓަމްތަކާ، ޕްރިންޓަރ ތަކާއި އެހެނިހެން އައި.ޓީ. ދާއިރާއާ ގުޅޭ ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް އޮފީހުގައި ޙައްލުކުރެވެން ހުރިވަރަކުން ޙައްލުކުރުމާއި ނުކުރެވޭވަރުގެ ކަންތައްތައް އެކަމާ ގުޅޭ ސެކްޝަނާ ގުޅިގެން އެކަމާބެހޭ މީހުން ލައްވާ ރަނގަޅުކުރެވޭތޯ ބެލުން.

- މީގެ އިތުރުން ޑިޕާޓްމެންޓް ހިންގަވަން ހުންނަވެރިޔަކު ނުވަތަ އޮފީސް ހިންގުމާއި ހަވާލުވެ ހުންނެވި ވެރިއަކު ހަވާލުކުރައްވާ އޮފީހުގެ މަސައްކަތް ކުރުން.

 ދާއިރާ:

 އެސިސްޓެންޓް ޕްރޮކިއުމަންޓް އޮފިސަރ

 ބޭނުންވާ އަދަދު

 01 (އެކެއް)

 ގިންތި:

 ކޮންޓްރެކްޓް (06 މަސް)

 އެލަވަންސް:

 މަހަކު -/4000 ރުފިޔާ

 މަސައްކަތް ކުރަން ޖެހޭތަން:

- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ތަކެތި ގަތުމާއި ޚިދުމަތްހޯދުން ނުވަތަ މަސައްކަތްތައް ކުރުވުމަށް ކޯޓޭޝަން ނުވަތަ އެސްޓިމޭޓް ހޯދަންޖެހޭ ކަންކަމުގައި އިސްކޮށް ހުންނަ މުވައްޒަފަކު އަންގާ ގޮތެއްގެމަތިން އެތަކެތި ހޯދުން.

- ކުންފުންޏަށް ގަތުމަށް ޙަވާލުކުރެވޭ ކުދިކުދި ތަކެތި ގަތުން.

- ޕަރޗޭސް އޯޑަރތައް ސަޕްލަޔަރުންނަށް ގެންގޮސްދިނުން.

- ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ބޭނުންވާ ޑޭޓާ ސިސްޓަމަށް އެންޓަރ ކުރުން.

- ޕްރޮކިއުމެންޓާއި ގުޅޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުމުގައި އެހީތެރިވުން.

- މީގެ އިތުރުން ޑިޕާޓްމެންޓް ހިންގަވަން ހުންނަވެރިޔަކު ނުވަތަ އޮފީސް ހިންގުމާއި ހަވާލުވެ ހުންނެވި ވެރިއަކު ހަވާލުކުރައްވާ އޮފީހުގެ މަސައްކަތް ކުރުން.

 ދާއިރާ:

 އެސިސްޓެންޓް މާރކެޓިންގ އޮފިސަރ

 ބޭނުންވާ އަދަދު:

 01 (އެކެއް)

 ގިންތި:

 ކޮންޓްރެކްޓް (06 މަސް)

 އެލަވަންސް:

 މަހަކު -/4000 ރުފިޔާ

 މަސައްކަތް ކުރަން ޖެހޭތަން:

- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސެކްޝަންގެ މީޓިންގް މިނިޓްސް ތައްޔާރުކުރުން އަދި ރޭވުން މީގެއިތުރުން މާކެޓިންގްއާއިގުޅުންހުރި މީޓިންތަކަށް ހާޒިރުވުން

- މަންތްލީ އަދި ވީކްލީ މާކެޓިންގް ރިޕޯޓުތައް ގަވާއިދުން ތައްޔާރުކުރުން

- ކޯޕަރޭޝަންގެ މާކެޓިންގްއާއިގުޅުންހުރި އެންމެހާ ޑޮކިއުމަންޓްތައް ތައްޔާރުކޮށް އެތަކެތި ތަރުތީބުކަމާއިއެކު ބެލެހެއްޓުން

- ޑިޖިޓަލް މާކެޓިންގެ ހަރަކާތްތަކުރިއަށްދާގޮތް ގަވާއިދުން ވިލަރެސްކޮށް މިންއެޅުން

- ކޯޕަރޭޓް ބްރޭންޑިންގް އަދި ޕްރޮޑަކްޓް މާކެޓިންގްގެ މަސައްކައްތައްކުރުން

 ސުންގަޑި:

 މިޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 06 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ-މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ފޯމު ބަލައިގަނެވޭނެ މުއްދަތު އިތުރުކުރެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު.
  2. ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. 18 އަހަރުން މަތި ނަމަ ދޫކުރިފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  6. ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް 18 އަހަރުން ދަށުގެ ބައިވެރިން ބެލެނިވެރިޔާގެ އިޤުރާރު.

 އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

- މި ދާއިރާތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ މަހުގެ ތާރީޚެއްގައިއެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

07  ރަޖަބް 1444

29 ޖަނަވަރީ 2023

29 ޖަނަވަރީ 2023