ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2023-30
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 06 ފެބުރުވަރީ 2023 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން

ކޯއޮޕަރޭޓިވް އެޑިއުކޭޝަން(ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން

މި ކޯޕަރޭޝަންގެ ނަންބަރު(IUL)RDC-HRM-RDC-2023-13 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، އަލުން އިޢުލާން ކުރަމެވެ.

 ދާއިރާ:

 އެސިސްޓެންޓް ފެސިލިޓީ އެޑްމިނިސްޓްރޭޓިވް އޮފިސަރ

 ބޭނުންވާ އަދަދު:

 01 (އެކެއް)

 ގިންތި:

 ކޮންޓްރެކްޓް (06 މަސް)

 އެލަވަންސް:

 މަހަކު -/4000 ރުފިޔާ

 މަސައްކަތް ކުރަން ޖެހޭތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހުޅުމާލެ އެކަމަޑޭޝަން ފެސިލިޓީގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޑިޕާރޓްމަންޓަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކްއެސްޓް ހެދުމާއި ތަކެތި ޕްރޮކިއުމަންޓް އާއި ގުޅިގެން ހޯދިފައިވޭތޯ ކަށަވަރުކުރުން.

- އޮފީހަށް ބޭނުންވާ ސްޓޭޝަނަރީސް އަދި އެހެނިހެން ތަކެތީގެ ރެކޯޑް ބަލެހެއްޓުން

- އިންވެންޓްރީ ބެލެހެއްޓުން

- އެޑްމިނިސްޓްރޭޝަން އިން ހަދަން ޖެހޭ ރިޕޯޓްތައް ގަޑިއަށް ނިންމައިފައިވޭތޯ ކަށަވަރުކުރުން.

- ޑިޕާޓްމަންޓް މީޓިންގ ޔައުމިއްޔާ ނަގައި، ލިޔުން.

- ޚާއްސަ ބައްދަލުވުންތަކަށް މީޓިންރޫމް ތައްޔާރުކުރުމާއި، އެހެނިހެން އިންތިޒާމްތައް ޤާއިމްކުރުން.

- މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

 ދާއިރާ:

 އެސިސްޓެންޓް ފެސިލިޓީ މެއިންޓަނަންސް އޮފިސަރ

 ބޭނުންވާ އަދަދު:

- 01 (އެކެއް)

 ގިންތި:

- ކޮންޓްރެކްޓް (06 މަސް)

 ކޯ-އޯޕް އެލަވަންސް

- މަހަކު -/4000 ރުފިޔާ

 މަސައްކަތް ކުރަން ޖެހޭތަން:

- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހުޅުމާލެ އެކަމަޑޭޝަން ފެސިލިޓީގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޑިޕާރޓްމަންޓަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކްއެސްޓް ހެދުމާއި ތަކެތި ޕްރޮކިއުމަންޓް އާއި ގުޅިގެން ހޯދުން.

- އޮފީހަށް ބޭނުންވާ ސްޓޭޝަނަރީސް އަދި އެހެނިހެން ތަކެތީގެ ރެކޯޑް ބަލެހެއްޓުން.

- އިންވެންޓްރީ ބެލެހެއްޓުން.

- އެޑްމިނިސްޓްރޭޝަން އިން ހަދަން ޖެހޭ ރިޕޯޓްތައް ގަޑިއަށް ނިންމައި ހުށަހެޅުން

- ޑިވިޝަންއަށް/ ޑިޕާޓްމަންޓަށް އަންނަ ސިޓީ، މެއިލް ފަދަތަކެތި ގުޅުންހުރި ޑިޕާޓްމަންޓްތަކަށް ނުވަތަ ސެކްޝަންތަކަށް ރައްދުކުރުމާއި، ރައްކާތެރިކަމާއި އެކު ބެލެހެއްޓުން

- ޚާއްސަ ބައްދަލުވުންތަކަށް މީޓިންރޫމް ތައްޔާރުކުރުމާއި، އެހެނިހެން އިންތިޒާމްތައް ޤާއިމްކުރުން

- ޑިޕާޓްމަންޓް މީޓިންގ ޔައުމިއްޔާ ނަގައި، ލިޔުން.

- މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

 ދާއިރާ:

 އެސިސްޓެންޓް ހައުސްކީޕިންގ އޮފިސަރ

 ބޭނުންވާ އަދަދު:

 02 (ދޭއް)

 ގިންތި:

 ކޮންޓްރެކްޓް (06 މަސް)

 އެލަވަންސް

މަހަކު -/4000 ރުފިޔާ

 މަސައްކަތް ކުރަން ޖެހޭތަން:

-  ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހުޅުމާލެ އެކަމަޑޭޝަން ފެސިލިޓީގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެންމެހާ އެކޮމަޑޭޝަން ފެސިލިޓީތަކުގެ ހައުސް ކީޕިންގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަނުން އެކަށައަޅާ ސިޔާސަތާއި އެއްގޮތްވާގޮތުގެމަތިން އެކޮމަޑޭޝަން ފެސިލިޓީތަކުގެ ހައުސް ކީޕިން ހިދުމަތްތައް ދެވޭކަން ކަށަވަރު ކުރުން.

- ހައުސް ކީޕިން ހިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ އާލާތްތައް ފެސިލިޓީތަކަށް ހަމައަށް ލިބޭކަން ކަމާބެހޭ ޑިޕާޓްމަންޓްތައް މެދުވެރިކޮށް ކަށަވަރު ކުރުން.

- އެކޮމަޑޭޝަން ފެސިލިޓީތަކުގެ ކޮޓަރިތައް ސާފުކޮށް ބެލެހެއްޓުން

- ހުރިހާ ކޮޓަރިތަކެއް އަދި އެކޮމަޑޭޝަން ބްލޮކްތައް ޤާއިމްކުރެވިފައިވާ މިންގަނޑަށް ތައްޔާރުކުރެވިފައިވާކަން ކަށަވަރުކުރުން

- ތަނުގައި ބޭނުންކުރެވޭ ތަކެއްޗާއި، ބެހެއްޓިފައިވާ މުހިއްމު އާލާތްތައް / މެޝިނެރީސްތައް ބަރާބަރަށް މަސައްކަތްކުރާކަން ކަށަވަރު ކުރުން

- ޑިޕާރޓްމަންޓަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކްއެސްޓް ހެދުމާއި ތަކެތި ޕްރޮކިއުމަންޓް އާއި ގުޅިގެން ހޯދުން.

- ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި،އެތަކެތި ހޯދުމަށް ރިކުއެސްޓް ކުރުން

- ތަނުގެ އާއްމު ސިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން

- ތަނުގައި ބަހައްޓަންޖެހޭ ސައިން ބޯޑްތައް/ލިޔުންތައް ހަމައަށް ހުރިތޯބެލުމާއި، ނެތްކަމަށް ފާހަގަވާ ބޯޑެއް/ލިޔުމެއް ވާނަމަ ވެރިންނާއި ވާހަކަދައްކައިގެ އެފަދަ ތަކެތި ހަމަކުރުން.

- ފެސިލިޓީތަކުގައި ދެވޭ ހައުސް ކީޕިންގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ޑިޕާޓްމަންޓްގެ އިސްވެރިން މެދުވެރިކޮށް މެނޭޖްމަންޓަށް ހުށައެޅުން.

- ކޯޕަރޭޝަންގެ ސާރވިސް ޕޮލިސީއަށް އަންނަ ބަދަލުތަކާއި ގުޅިގެން ފެސިލިޓީތަކުގެ ދެވޭ ހިދުމަތްތައް ކަނޑައެޅިފައިވާ ސުންގަޑިތަކަށް ތަންފީޒު ކުރުން.

- ސައިޓްގެ އިމާރާތްތަކާއި އެހެނިހެން ވަސީލަތްތަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ލަފާ ކުރެވޭނަމަ އެކަމެއް ސުޕަވައިޒަރު ރިޕޯޓްކުރުން.

- މީގެ އިތުރުންވެސް ވަޒީފާއާއި ގުޅިގެން ސުޕަވައިޒަރު އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

 ސުންގަޑި:

 މިޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 06 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 12:00  ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ-މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ފޯމު ބަލައިގަނެވޭނެ މުއްދަތު އިތުރުކުރެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު.
  2. ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. 18 އަހަރުން މަތި ނަމަ ދޫކުރިފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  6. ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް 18 އަހަރުން ދަށުގެ ބައިވެރިން ބެލެނިވެރިޔާގެ އިޤުރާރު.

 އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

- މި ދާއިރާތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ މަހުގެ ތާރީޚެއްގައިއެވެ.

 އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

07  ރަޖަބް 1444

29 ޖަނަވަރީ 2023

 

 

 

 

29 ޖަނަވަރީ 2023