ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-A/IU/2014/65
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 22 ޑިސެންބަރު 2014 14:30
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މޭސަން

މަޤާމު: މޭސަން

ޑިޕާޓްމަންޓް: މުނިސިޕަލް ސާރވިސަސް އެންޑް ޕްރޮޕަރޓީ މެއިންޓެނަންސް

ޝެކްޝަން: ބިލްޑިންގ މެއިންޓެނަންސް އެންޑް މޮނިޓަރިންގ

އަދަދު: 1

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

- ގްރޭޑް 8 ގެ ފެންވަރު ހުރުމާއެކު މޭސަނަރީ / ރާނާ ސިމެންތިޖެހުމުގެ މަސައްކަތުގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މިކޯޕަރޭޝަންގެ ބިލްޑިންގ މެއިންޓެނަންސްގެ މަސައްކަތްތައް ސުޕަވައިޒަރުންގެ ލަފައާއި އިރުޝާދުގެ މަތިން ކުރުން. ޚާއްޞަކޮށް މަރާމާތުގައި އެކުލެވޭ މޭސަނަރީ (ރާނައި ސިމެންތިޖެހުން) މަސައްކަތްތައް ކުރުން.

- މޭސަނަރީއަށް ބޭނުންވާނެ އާލާތްތައް ހަމައަށް ސްޓޮކްގައި ހުރިތޯ ބަލައި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.

- މެއިންޓެނަންސް މައްސަލަތައް ވެރިންގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ހައްލުކުރުން.

- މެއިންޓެނަންސް މަސައްކަތްތައް ކުރުމުގައި މެއިންޓަނަންސް ޓީމު އަދި ސުޕަވައިޒަރަށް އެއްބާރުލުންދީ އެހީތެރިވެދިނުން.

- މެއިންޓެނަންސްއަށް ބޭނުންވާ އާލާތްތައް އެއްތަނުން އަނެއްތަނަށް އުފުލުން.

- މަޤާމާއި ސެކްޝަނުގެ މަސައްކަތާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ފުރިހަމަ ޞިއްޙަތެއްގައި ހުރުން

- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: -/4940ރ (އެލަވަންސްތަކާއެކު މަދުވެގެން -/9450ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

............................................................................................................

މި ވަޒީފާތަކަށް މުވައްޒަފުން ޢައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތް ކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލޭއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                            3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                           ނުވަތަ                ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                              ފޯނު: 3353535   

ފެކްސް : 3335892                                           ފެކްސް : 3358892

 

15 ޑިސެންބަރު 2014