ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-A/IU/2014/67
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 22 ޑިސެންބަރު 2014 14:30
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އާކިޓެކްޓް

މަޤާމު: އެސިސްޓެންޓް އާކިޓެކްޓް

ޑިޕާޓްމަންޓް: ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް  

ސެކްޝަން: ފިޒިކަލް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ކޮންޓްރޯލް

ޔުނިޓް: ފިޒިކަލް ޕްލޭނިންގ

ބޭނުންވާ އަދަދު: 1

މަޤާމުގެ އަސާސީ ޝަރުޠު:

- އާރކިޓެކްޗަރ ނުވަތަ އާރބަން ޕްލޭނިންގ / ޑިޒައިން ގެ ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ހުޅުމާލޭގެ މާސްޓަރ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް، އިތުރަށް ހޯދަންޖެހޭ ހޯދުންތައް ހޯދުމަށާއި މަޢުލޫމާތު އެއްކުރުމަށް ދިރާސާކުރުމާއި އެއާ ގުޅިގެން ކުރަހަންޖެހޭ ކުރެހުންތައް ތައްޔާރުކުރުން.

- އެޗް.ޑީ.ސީ އިން އިމާރާތްކުރާ ތަންތަން ޑިޒައިންކުރުމާއި، ކުރެހުންތައް ތައްޔާރުކުރުން.

- ހުޅުމާލޭގެ މެޕްތައް ޑްރާފްޓްކުރުން.

- އެގްރިމެންޓްތަކާއި ރެޖިސްޓްރޭޝަންތަކަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކުރުން.      

- ޕްލޭނިންގ ޑިޕާޓްމެންޓުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓުމާއި އަދި މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- އޮޓޯ ކެޑް ބޭނުންކުރަން އެނގުމާއި ޑްރާފްޓިންގ ސޮފްޓްވެއަރތައް ބޭނުންކުރަން އެނގުން.

- އެމް.އެސް. އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

- މި ވަޒީފާއަށް މީހުން ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

އަސާސީ މުސާރަ: -/6،200ރ އާއި -/7،800 އާ ދެމެދު.

ޖުމްލަ ޕެކޭޖް (އެލަވަންސްތަކާއެކު):  -/10,930 އާއި -/12,530 އާ ދެމެދު

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

..............................................................................................................................................................................................

މި ވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތް ކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލޭއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

1 ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                        3 ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                                           ނުވަތަ                            ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                                                          ފޯނު: 3353535   

ފެކްސް : 3335892                                                                       ފެކްސް : 3358892

 

15 ޑިސެންބަރު 2014