މަސައްކަތް
ނަންބަރު: (IUL)274/INDIV/2023/6
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 15 ފެބުރުވަރީ 2023 14:00
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ ރަމްޒުކޮށްދޭ މޮނިއުމަންޓް ފަރުމާކުރުން

އިޢުލާން

ށ.ފޭދޫ ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އެހެންކަމުން ފޭދޫ ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 15 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މިއިޢުލާނާއިއެކުވާ މަޢުލޫމާތު ކަރުދާހުގައިވާާ ކަންކަމަށް ވިސްނަވައިގެން މޮނިއުމެންޓު ފަރުމާކޮށް ދެއްވުމަށްފަހު މޮނިއުމެންޓު ޑިޒައިންގެ ސޮފްޓްކޮޕީ ފޮނުއްވާނީ މި އިދާރާގެ   info@feydhoo.gov.mv މެއިލްއަށެވެ. މޮނިއުމަންޓް ޑިޒައިން ހުށަހަޅަނީ އަމިއްލަ ފަރާތަކުންނަމަ ޑިޒައިންއާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީކާޑުގެ ސާފުކޮޕީއާއި ގުޅޭނެ ފޯނުނަންބަރު އަދި ޑިޒައިން ހުށަހަޅަނީ ވިޔަފާރިއެއްގެ ނަމުގައި ކަމުގައި ވަނީނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ގުޅޭނެ ފޯނު ނަންބަރު ހުށަހަޅަންވާނެއެވެ.

އަދި ހުށަހަޅާ މޮނިއުމެންޓު ޑިޒައިންގެ  ތެރެއިން މި ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ މޮނިއުމަންޓު ޑިޒައިން ހުށަހަޅުއްވާ ފަރާތަކަށް -/5,000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

7 ރަޖަބު 1444

29 ޖަނަވަރީ 2023