ދިވެހިރާއްޖެ
މި މަރުކަޒުގެ PTA ގެ ފަރާތުން ތަރައްޤީކުރާ ރީޑިންގ ޕާރކްގައި ސިމެންތި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ، (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރު: 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30 ޖަނަވަރީ 2023 އިން 01 ފެބުރުވަރީ 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:30 އަށް މި މަރުކަޒު އޮފީހުގައި ނަން ނޯޓް ކުރެއްވުން އެދެމެވެ. އޮންލައިން ކޮށް ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެއެވެ.
މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 02 ފެބުރުވަރީ 2023 ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 05 ފެބުރުވަރީ 2023 އާދީއްތަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ ކްލާސް ރޫމްގައެވެ.
ބިޑް ހުޅުވުން އޮންނާނީ 08 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ ކްލާސް ރޫމްގައެވެ. ބިޑް، އޮންލައިންކޮށް ހުށަހަޅުއްވަންބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު އޮންނާނެއެވެ.
- · ނޯޓް: މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.
- އިތުރު މަޢުލޫމާތު6528817 ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
- ހދ.އަތޮޅު ތައުލީމީ މަރުކަޒު/ ހދ.ކުޅުދުއްފުށި
- ފޯން: 6528817
- އީ-މެއިލް: [email protected]