ބީލަން
ނަންބަރު: (IUL)274/INDIV/2023/5
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 06 ފެބުރުވަރީ 2023 13:00
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޢީމާން މަރާމާތުކުރުން

އިޢުލާން

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

1.  މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ފޭދޫ މަސްޖިދުލް އީމާން މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ހޯދަންބޭނުން ވެއްޖެއެވެ.ވީމާ މިމަސައްކަތައް ބީލަންހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.މިމަސައްކަތައް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކާއި،އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި،ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު (01/2003) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.

2.  މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަކުރެއްވުމަށްފަހު 31 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން ނުވަތަ www.feydhoo.gov.mv އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށްދެވޭނެއެވެ.ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.

3.  މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2023 ފެބުރުވަރީ 2 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގެ މީޓީންގްރޫމުގައި އޮންނާނެއެވެ.

4.  ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2023 ފެބުރުވަރީ 6 ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިންގްރޫމުގައެވެ.ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ.ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި،އިޢުލާން ނަމްބަރާއި،ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.ބީލަން ހުށަހަޅާދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހުގެ 13:00ގައެވެ.

މިލަދުންމަޑުލުއުތުރުބުރީ ފޭދޫ

ފޭދޫ ކައުންސިލްގެ އިދާރާ

ފޯނުނަމްބަރ.

ވެބްސައިޓް

އީމެއިލް

6540045

www.feydhoo.gov.mv

[email protected]

29 ޖަނަވަރީ 2023