ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2023/7
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 01 މާރިޗު 2023 00:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއިގުޅޭ

                ރަށުގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ ތަކެއްޗާއި މަގުތަކުގައި ޢާއްމުކޮށް ބަހައްޓާފައިވާ ތަކެތީގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކާއި ދުއްވާ ތަކެއްޗަށް އެކިވަރުގެ އުނދަގޫތައް ކުރިމަތިވާތީ، އެކަމުވެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ. އެގޮތަށް ރަށުގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ ތަކެއްޗާއި،މަގުތަކުގައި ޢާއްމުކޮށް ބަހައްޓާފައިވާ ތަކެތި ނަގައި މަގުތައް އަމާންތަނަކަށް ހެދުމަށް މިކައުންސިލުންދަނީ މަސައްކަތްކުރަމުންނެވެ.

                ވީމާ، ރަށުގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިވާ ތަކެއްޗާއި، މަގުތަކުގައި ޢާއްމުކޮށް ބަހައްޓާފައިވާ ތަކެތި 2023 މާރޗް 01 ވަނަ ދުވަހުގެ ނިޔަލަށް ނަގައި ސާފުކުރުމަށް، އެންމެހާ ރައްޔިތުންނަށާއި ރަށުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް  އަންގައި އިލްތިމާސްކުރަމެވެ.  މި މުއްދަތުގެތެރޭގައި އެފަދަ ތަކެތި ނަގާފައިނުވާނަމަ، އެތަކެއްޗަކީ ވެރިފަރާތެއް ނެތް ތަކެތި ކަމަށްބަލައި،ޤަވާޢިދު ނަންބަރު 2013/R-794 (ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު ރ. އިންނަމާދޫ) ވާގޮތުގެމަތިން އަމަލު ކުރަމުންގެންދާނެ ވާހަކަ ދަންނަވަމެވެ.

                މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖަނަވަރީ 2023