މަސައްކަތް
ނަންބަރު: (IUL)22-F/1/2014/250
ޕަބްލިޝްކުރި ތާރީޚް: 14 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 24 ޑިސެންބަރު 2014 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭ ޕްރީސްކޫލް ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެޗްޑީސީ (ހުޅުލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން) އިން އިމާރާތް ކުރައްވައި މި މިމިނިސްޓްރީއާ ހަވާލުކޮށްފައިވާ ހުޅުމާލޭ ޕްރީސްކޫލް، ޕްރީސްކޫލެއްގެ ގޮތުގައި ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް 2014 ޑިސެންބަރު 24 ގެ 14:00 އަށް ވެލާނާގޭގެ 9 ވަނަ ފަންގިފިލާގެ މީޓިންގރޫމް 1 އަށް ވަޑައިގެން ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި ބީލަން ހުށަހެޅުއްވުން އެދެމެވެ.

"ހުޅުމާލޭ ޕްރީސްކޫލް ހިންގައި ބެލެހެއްޓުމުގެ ބީލަން" މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގޭގެ 8 ވަނަ ފަންގިފިލާއިން 15 ޑިސެންބަރު 2014 ން 24 ޑިސެންބަރު 2014 ވަނަ ދުވަހުގެ 12:00 އަށް ލިބިވަޑައިގަންނަވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ. ބީލަން ފޮތެއް ލިބެން ހުންނާނީ -/500 ރުފިޔާއަށެވެ.

14 ޑިސެންބަރު 2014