މަސައްކަތް
ނަންބަރު: 22-TF/22/2014/312
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 28 ޑިސެންބަރު 2014 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މާލެއަތޮޅު ވިލިނގިލީގައި ބިނާކޮށްފައިވާ ޕްރީ ސްކޫލް ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މުޅި މާލެއިން ފެނުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން، މިޑިސެންބަރުމަހުގެ 7 އަދި 8 މިދެދުވަސް ސަރުކާރުގެ އޮފީސްތައް ބަންދު ކުރައްވައި، އަދި މި ޑިސެންބަރު މަހުގެ 9 ން 11 އަށް މާލޭގައި ހުރި ސަރުކާރުގެ އޮފީސްތައް ބަންދު ކުރައްވާގޮތަށް ސަރުކާރުން ނިންމެވުމާ ގުޅިގެން، ތަޢުލީމީ ފަންޑުން މާލެ އަތޮޅު ވިލިނގިލީގައި ބިނާކޮށްފައިވާ ޕްރީ ސްކޫލް ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 128/TF/22/2014-ފ22 (1 ޑިސެންބަރު 2014) އިޢުލާން ބާޠިލުކުރުމަށްފަހު، މާލެއަތޮޅު ވިލިނގިލީގައި ބިނާކޮށްފައިވާ ޕްރީ ސްކޫލް ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، ތަޢުލީމީ ފަންޑުން މާލެއަތޮޅު ވިލިނގިލީގައި ބިނާކޮށްފައިވާ ޕްރީ ސްކޫލް ހިންގައި ބަލަހައްޓައިދޭނެ ޝަރުޠު ފުރިހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް 2014 ޑިސެންބަރު 28 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / އެދުރުހިޔާ 1 ވަނަ ފަންގިފިލާގެ މީޓިންގރޫމް އަށް ވަޑައިގެން ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި ބީލަން ހުށަހެޅުއްވުން އެދެމެވެ.

" މާލެއަތޮޅު ވިލިނގިލީ ޕްރީސްކޫލް ހިންގައި ބެލެހެއްޓުމުގެ ބީލަން " ފޮތް ތަޢުލީމީ ފަންޑުގެ އިދާރާ / އެދުރުހިޔާ 1 ވަނަ ފަންގިފިލާއިން 2014 ޑިސެންބަރު 14 އިން 22 އާ ދެމެދު ބައްލަވައިގެންނެވުން އެދެމެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 ބީލަމެވެ. ބީލަން ފޮތް ލިބެން ހުންނާނީ -/500 (ފަސް ސަތޭކަ) ރުފިޔާއަށެވެ.

16 ޞަފަރު 1436

08 ޑިސެންބަރު 2014