ބީލަން
ނަންބަރު: (IUL)425-A2/1/2023/27
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 31 ޖަނަވަރީ 2022 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ތެރެއިން ނަގާ ކުނި ބަހައްޓަމުންދާ ސަރަހައްދު މެނޭޖްކޮށް، ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއިގުޅޭ، (2 ވަނަ އިޢުލާން)

މާލޭ ސިޓީ ކައުންސިލްއިން ކުރިއަށް ގެންދަވާ މާލޭގެ މަގުތަކާއި، ހުސް ބިންތަކާއި މައިޒާންތަކުން ކުނި ނަގާ ސާފުކޮށް ބެލެހެއްޓުމުގެ ދަށުން، ނަގާ ކުނިތައް އެއް ސަރަހައްދަކަށް ޖަމާކުރުމުން އެ ސަރަހައްދުން ވެމްކޯ ސައިޓްތަކަށް ކުނި ގެންދިޔުމުގައި އެހީތެރިވުމާއި، އެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު:  (IUL)425-A2/1/2023/15 އިޢުލާނާގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު އަންދާޒާކޮށްފައިވާ ވަރަށް ވުރެ އަގު ބޮޑުވުމާއި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި މަސައްކަތް ކުރުމަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

  ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.  

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

29 ޖަނަވަރީ 2023 (އާދީއްތަ)

13:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

31 ޖަނަވަރީ 2023 (އަންގާރަ)

13:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

     

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

 

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.  

 

  • އިތުރު މަޢުލޫމާތު: 
  • މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]

05 ރަޖަބު 1444

27 ޖަނަވަރީ 2023

27 ޖަނަވަރީ 2023