ތަމްރީނު
ނަންބަރު: (IUL)232-AG/232/2023/4
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 22:53
ސުންގަޑި: 09 ފެބުރުވަރީ 2023 12:00
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ކިޔަވައިދެއްވާނެ "އެކްސްޓަރނަލް ޓްރެއިނަރސް ޕޫލް 2023" އެކުލަވާލުން

 

އިޢުލާން

މާލެއަތޮޅު ކައުންސިލް އިދާރާ އަދި މާލެއަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ކިޔަވައިދެއްވާނެ "އެކްސްޓަރނަލް ޓްރެއިނަރސް ޕޫލް 2023" އެކުލަވާލުން

މިއިދާރާ އަދި މިއަތޮޅުގެ ރަށުކައުންސިލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމްތަކުގައި ކިޔަވައިދޭނެ އެކްސްޓަރނަލް ޓްރެއިނަރުން (އިންސްޓިޓިއުޓްތައް/ ވަކިވަކި ފަރުދުން) ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚްގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

  • ރަޖިސްޓްރީކުރުމުގެ ސުންގަޑި: 09 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް
  • ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
  • ތަމްރީނުދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތައް: -

ކެޓަގަރީ 1: މެނޭޖްމަންޓް އެންޑް ލީޑަރޝިޕް

ކެޓަގަރީ 2: ލޭންގްއޭޖް ޓްރޭނިންގ

ކެޓަގަރީ 3: ތަފާތު އެކިއެކި ފަންނީ ތަމްރީނު ޕްރޮގްރާމްތައް

ރަޖިސްޓަރ ކުރައްވާއިރު 3 ކެޓަގަރީގެ ތެރެއިން ކޮންމެ ކެޓަގަރީއަކަށްވެސް ރަޖިސްޓަރ ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް މައުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ.

04  ރަޖަބު 1444

26 ޖެނުއަރީ 2023

26 ޖަނަވަރީ 2023