ކުއްޔަށް ދިނުން
ނަންބަރު: (IUL)283-PS/283/2023/10
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 19:08
ސުންގަޑި: 08 ފެބުރުވަރީ 2023 10:15
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ތެޔޮތާނގީ ކުއްޔަށް ދިނުމަށް ހުޅުވާލުން

 މިއިދާރާގެ ނަންބަރ (IUL)283-BF/283/2022/54 (02 ނޮވެމްބަރ 2022) އިޢުލާނަށް އަގުހުށަހެޅީ އެންމެ ފަރާތަކުންކަމަށްވާތީ، އެއިޢުލާން ބާޠިލްކޮށް، ކައުންސިލުން ތެޔޮރައްކާކުރުމަށް ބޭނުންކުރަމުންދާ 80000 ލީޓަރގެ ތެޔޮތާނގީ އެންމެ ރަނގަޅު އަގެއް ހުށައަޅާ ފަރާތަކަށް، 20 އަހަރުދުވަހުގެ މުއްދަތަށް،10000 ރުފިޔާއަށްވުރެ ކުޑަނޫން އަގަކަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާގެނަމްބަރ 6540052 ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  08 ފެބުރުވަރީ   ވާ ބުދަ ދުވަހު 10:15 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށައަޅާފޯމާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

26 ޖަނަވަރީ 2023