ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2023/003
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:37
ސުންގަޑި: 08 ފެބުރުވަރީ 2023 12:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕޯޓްސް އެވޯޑަށް ނަން ހުށައެޅުމާއި ގުޅޭ

އިޢުލާން

 

ސްޕޯޓްސް އެވޯޑަށް ނަން ހުށައެޅުމާއި ގުޅޭ

 

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރަމަންޓްގެ ފަރާތުން ސްޕޯޓްސް އެވޯޑަށް ނަން ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެހެންކަމުން މި އެވޯޑަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު 08 ފެބްރުއަރީ 2023 ވާ ބުދަވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީހަށް ހުށައެޅުމަށް ދަންނަވަމެވެ.

 

އެވޯޑަށް ނަން ހުށަހެޅޭނެ ދާއިރާތައް:

v    އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)

v    ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)

v    ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް.

v    މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ)

v    ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް.

v    މޭލް އެންޑް ފީމޭލް ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް.

v    މޭލް އެންޑް ފީމޭލް ކޯރޗް އޮފް ދަ އިޔަރ އެވޯޑް.

v    މޯސްޓް ޕްރޮމިސިންގ ޔަންގް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)

v    ސްޕޯޓްސް ފޮޓޯގްރާފާ އޮފް ދަ އިޔަރ އެވޯޑް.

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި މިއެސޯސިއޭޝަންގެ ފޯނު ނަންބަރު 3314057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

26 ޖަނަވަރީ 2023