ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MHCL-HRM/1/2023/3
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 02 ފެބުރުވަރީ 2023 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ، ލީގަލް

މި އިޢުލާންވަނީ 08 ފެބުރުވަރީ 2023 09:47 ގައި ބާތިލް ކުރެވިފައެވެ.


 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ސީނިއަރ އޮފިސަރ، ލީގަލް

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

 14,550 - 11,850 ރުފިޔާއާ ދެމެދު

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގާނޫނީ ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ލީގަލް ޑިޕާޓްމަންޓުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން.
  • ލީގަލް ޑިޕާޓްމަންޓް އަދި ކޮމްޕެނީ ސެކެރެޓަރީގެ މަސައްކަތަށް ބޭނުންވާ ރިސާޗް ހެދުން.
  • ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކުގެ ޔައުމިއްޔާ އާއި އިދާރީ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން
  • ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާތަކާއި، ޝަރީޢާ ކޮމިޓީ އަދި އޮޑިޓް ކޮމިޓީގެ ޖަލްސާތައް ބޭއްވުމަށް ކޮމްޕެނީ ސެކެރެޓަރީ އަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޯށްދިނުން.
  • ޑިރެކްޓަރުންގެ ބޯޑާއި، ޝަރީޢާ ކޮމިޓީ އަދި އޮޑިޓް ކޮމިޓީގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން.
  • މަސައްކަތާގުޅޭ ރެކޯޑްތަކާއި ލިޔެކިޔުންތައް ގަވާޢިދުން ބަލަހައްޓައި ފައިލްކުރުން.

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 02 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން  ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

26 ޖަނަވަރީ 2023