ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލަށް ތިރީގައިވާ ތަކެތި ހޯދުމަށް 02 ޑިސެންބަރު 2014 ގައި ކުރެވުނު ނަންބަރު: JS-B/2014/82 އިޢުލާނުގައި މަޢުލޫމާތު ހޯދުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަޔާންކުރެވިފައިވާ ތާރީޚުތަކަކީ، ޤައުމަށް ދިމާވި ކުއްލި ޙާލަތާ ގުޅިގެން ރަސްމީ ބަންދު ދުވަސްތަކެއްކަމުގައި ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން އެ އިޢުލާނު ބާޠިލުކުރެވުނު ވާހަކަ ދެންނެވީމެވެ. މިހެންކަމުން، ތިރީގައި މިދަންނަވާ މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.
1– މަލްޓިމީޑިއާ ޕްރޮޖެކްޓަރ ވިއްކުން.
2- ކްލާސްތަކުގައި ބޭނުން ކުރެވޭގޮތަށް ޕްރޮޖެކްޓަރ އިންސްޓޯލް ކުރުން.
ވީމާ، ސްކޫލުން ދެވޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަތީގައިވާ ތަކެތި ސަޕްލައި ކޮށްދިނުމާއި، އަދި އިންސްޓޯލް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ގަޑިތަކަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
* - މަލްޓިމީޑިއާ ޕްރޮޖެކްޓަރ ވިއްކުން.
17 ޑިސެންބަރު 2014 ވަނަ ދުވަހުގެ 11.00 ގައި މަޢުލޫމާތު ދިނުން.
21 ޑިސެންބަރު 2014 ވަނަ ދުވަހުގެ 11.00 އަންދާސީހިސާބު ބަލައިގަތުން.
* - މަލްޓިމީޑިއާ ޕްރޮޖެކްޓަރ އިންސްޓޯލް ކުރުން.
17 ޑިސެންބަރު 2014 ވަނަ ދުވަހުގެ 14.00 ގައި މަޢުލޫމާތު ދިނުން .
21 ޑިސެންބަރު 2014 ވަނަ ދުވަހުގެ 14.00 އަންދާސީހިސާބު ބަލައިގަތުން.
19 ޞަފަރު 1436