ދިވެހިރާއްޖެ
އިޢުލާން
ހއ.ކެލާ ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
ތިލަދުންމަތީ އުތުރުބުރީ ކެލާ ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އެހެންކަމުން ކެލާ ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 25 ފެބުރުވަރީ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި މި ދަންނަވާ ކަންކަމަށް ވިސްނަވައިގެން މޮނިއުމެންޓު ފަރުމާކޮށް ދެއްވުމަށްފަހު މޮނިއުމެންޓު ޑިޒައިންގެ ސޮފްޓްކޮޕީ ފޮނުއްވާނީ މި އިދާރާގެ [email protected] މެއިލްއަށެވެ.
އަދި ހުށަހަޅާ މޮނިއުމެންޓު ޑިޒައިންގެ ތެރެއިން މި ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ މޮނިއުމެންޓު ޑިޒައިން ހުށަހަޅުއްވާ ފަރާތަކަށް -/8,000 (އަށްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
މޮނިއުމެންޓު ފަރުމާކޮށް ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް :
ހ. ހުށަހަޅާ ޑިޒައިން ވާން ޖެހޭނީ އޮރިޖިނަލް ޑިޒައިންއަކަށެވެ. މޮނިއުމެންޓެއްގެ ކޮޕީއަކަށް ނުވަތަ މޮނިއުމެންޓެއްގެ ބައެއްގެ ކޮޕީއެއް ހިމަނައިގެން ނުވާނެއެވެ.
ށ. މީގެކުރިން އެހެން ފަރާތަކަށް ކޮށްދީފައިވާ ޑިޒައިންއެއް ނުވަތަ އެހެން ފަރާތަކަށް ހުށަހަޅާފައި ޑިޒައިންއެއް ހުށަހަޅައިގެން ނުވާނެއެވެ.
ނ. ޑިޒައިން ވާންވާނީ ތަފާތު ޑިޒައިން އަކަށެވެ.
ރ. ޑިޒައިން ހުށައަޅާއިރު އެޑިޓްކުރެވޭނެ އަސްލު ފައިލް ހުށަހަޅަންޖެހޭނެއެވެ.
ބ. ޑިޒައިން ހުށަހަޅާއިރު މޮނިއުމެންޓް ތިން އޭންގަލް އަކުން ފެންނާނޭގޮތް ހުށަހަޅަންވާނެއެވެ.
ޅ. މޮނިއުމެންޓް ޑިޒައިން ރޭގަނޑު ވެސް ފާޅުވާނެ ކަހަލަ ޑިޒައިނަކަށް ވާންވާނެއެވެ.
ކ. ހުށަހަޅާ މޮނިއުމެންޓް ޑިޒައިންގައި ބޭނުންކުރާ އެންމެހާ އާރޓްވޯރކްތަކަކާއި ކޮންސެޕްޓްތައް ވާން ޖެހޭނީ ހުށަހަޅާފަރާތުގެ 100% އަމިއްލަ އުފެއްދުމަކަށެވެ.
އ. ހުށައަޅާ ޑިޒައިން ސިމެންތިން ނުވަތަ އެނޫންވެސް މައުދަނަކުން ބިނާކުރެވޭނެ ކަހަލަ ޑިޒައިނަކަށް ވާންވާނެއެވެ.
ވ. މޮނިއުމެންޓް ޑިޒައިންކުރާއިރު، މޮނިއުމެންޓްގައި ބޭނުންކުރާ ތަކެއްޗަކީ ދިގުމުއްދަތަކަށް ހަލާކުނުވެ ހުންނާނޭފަދަ ތަކެއްޗަށް ވާންވާނެއެވެ.
މ. މޮނިއުމެންޓް ބިނާކުރުމަށް ބޭނުންވާނެ ކުރެހުން ހުށަހަޅަންވާނެއެވެ.
ފ. މޮނިއުމެންޓަކީ (300 އަކަފޫޓް)( 15x20 ފޫޓް) ގެ ސަރަޙައްދެއްގައި ބިނާކުރާ މޮނިއުމެންޓެއް ކަމުން މި މިންތަކަށް ފިޓްވާނޭގޮތަށް ޑިޒައިން ތަފްސީލީ މިންތަކާއިއެކު ހުށައަޅަންވާނެއެވެ.
ދ. މޮނިއުމެންޓް ބިނާކުރާ ސަރަޙައްދުގެ ފޮޓޯ އެއް މި މަޢުލޫމާތު ކަރުދާހުގައި ހިމެނިފައި ވާނެއެވެ.
ތ. ހުށަހަޅާ މޮނިއުމެންޓުން ކެލާ ރަމްޒުކޮށްދޭންވާނެއެވެ. ކެލައަށް ޚާއްޞަ ކަމެއް، ކަންތައްތަކެއް، ރަށުގެ ސަގާފަތެއް ނުވަތަ ރަށުގެ މަސައްކަތްތެރިކަން ތަޞައްވުރުކޮށްދޭންވާނެއެވެ.
ލ. ހުށަހަޅާ މޮނިއުމެންޓް ޑިޒައިންގެ ރެސޮލިއުޝަން 300dpi ނުވަތަ އެއަށްވުރެ މަތިވަންވާނެއެވެ.
ގ. މޮނިއުމެންޓް ޑިޒައިން ރީސައިޒްކޮށް ކުޑަކުރުމުން ނުވަތަ ބޮޑުކުރުމުން އަސްލު ގެއްލިގެން ނުވާނެއެވެ.
ޏ. މޮނިއުމެންޓް ޑިޒައިންހުށަހަޅާނީ އޮރިޖިނަލް ކުލަތަކާއިއެކު ކުލަ ވާރޝަންއެކެވެ.
ސ. މޮނިއުމެންޓް ޑިޒައިންގައި ބޭނުންކުރި ފޮންޓާއި، ފޮންޓްގެ ސައިޒް އެނގޭނެގޮތަށް ހުށަހަޅަންވާނެއެވެ.
ޑ. މޮނިއުމެންޓް ޑިޒައިންގައި އަމިއްލަ ފޮންޓެއް ބޭނުންކޮށްފައިވާނަމަ، އެފޮންޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ. އަދި އެފޮންޓް ބޭނުންކުރުމުގެ ހުއްދަ ކައުންސިލަށް ދޭންވާނެއެވެ.
ޒ. މޮނިއުމެންޓްމެންގައި " ކެލާ " މި ލަފްޒު އިނގިރޭސި އަދި ދިވެހިން ލިޔެފައި އިންނަންވާނެއެވެ.
ޓ. މޮނިއުމެންޓުން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއް، ލިޔުމުން ހުށަހަޅަވާނެއެވެ.
ޔ. ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ޑިޒައިންއަށް މައިނަރ ޗޭންޖެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިންއެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި މިފަދައިން ގެނެސް ދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސް ދެން ވާނެއެވެ.
ޕ. ޑިޒައިން އަށް ބިނާކޮށް، ޑިޒައިންގައި ބޭނުންކުރާނެ ކުލަ ޑިޒައިން ކުރާ ފަރާތުން ކަނޑައަޅަންވާނެއެވެ. ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ކުލައަށް ބަދަލެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިން އެއް ހުށަހަޅާ ފަރާތަށް ކައުންސިލަށް އެދެވިދާނެއެވެ. އަދި މިފަދައިން ކުލައަށް ގެނެސް ދިނުމަށް އެދޭ ބަދަލެއް ޑިޒައިން ހުށަހެޅި ފަރާތުން އިތުރު އަގަކާއި ނުލާ ގެނެސްދޭން ވާނެއެވެ. އަދި ބޭނުންކުރި ކުލަތަކުގެ ތަފްސީލް ކުލަ ކޯޑުތަކާއި އެކު ހުށައަޅަންވާނެއެވެ.
ޖ. މިމުބާރާތުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލްއެވެ. ޕްރޮޕޯސަލްގައި ބޭނުން ޢަދަދަކަށް ޑިޒައިން ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ޑިޒައިން އަކަށްވެސް ވަކިން ސެކްޝަން 2 ގެ ވ. މ. ފ. އަދި ޓ. ގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
ހުށަހަޅަން ޖެހޭ ތަކެތި :
- ތިރީގައިވާ ތަކެތި ހަމައަށް ހުށަހަޅަންވާނެއެވެ.
|
ޑިޒައިން އާއިއެކު ހުށަހަޅަން ޖެހޭ ސެކްޝަން 2 ގައި ބުނެފައިވާ ތަކެތި. |
|
ޑިޒައިން ހުށަހަޅަނީ އަމިއްލަ ފަރުދީ ޙައިޞިއްޔަތުން ނަމަ ހުށަހަޅާ ފަރާތުގެ އައިޑީ ކާރޑް ގެ ކޮޕީއެއް އަދި ގުޅޭނެ ނަންބަރު. |
|
ޑިޒައިން ހުށަހަޅަނީ ވިޔަފާރިއެއްގެ ނަމުގައިނަމަ، ރަޖިސްޓްރޭޝަންގެ ކޮޕީ. އަދި އެކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ އެސް.އެމް.އީ ސެޓްފިކެޓް. |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.