ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B1/422/2023/6
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 28 ފެބުރުވަރީ 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީ ބައްތި ޖެހުން

އަމިއްލަ ތަކެތީގައި މަގުމަތީ ހޮޅިދަނޑި ( ސޯލާ ލައިޓް ) ޖެހުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 29 ޖަނަވަރީ 2023 ން 28 ފެބްރުވަރީ 2023 އަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ގޮތުން ކައުންސިލުން ދައްކާ ތަންތަނުގައި ހޮޅިދަނޑި ޖަހާދިނުމުން، އެ ހޮޅި ދަނޑި ތަކުގައި ސޯލާ ލައިޓް ހަރުކުރެވޭނެ އިންތިޒާމް މި ކައުންސިލް އިން ހަމަޖައްސައި ދެވޭނެއެވެ.

ވީމާ، މި ކަމަށް އެދިލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ މުއްދަތުގައި ( އައިޑީ ކާޑު ކޮޕީ / ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮޕީ / ކްލަބްޖަމިއްޔާ ޖަމާއަތް ރަޖިސްޓްރީ ކޮޕީ ) ކައުންސިލްގެ ޚިދުމަތަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން ( އިދާރާގެ ކައުންޓަރ )

  • ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށް

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޖަނަވަރީ 2023