ދިވެހިރާއްޖެ
މިހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަހު ގދ.ފިޔޯރީގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ކައުންސިލުގެ 04 ވަނަ ދައުރުގެ 86 ވަނަ އާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ. އެހެންކަމުން މިއިދާރާއާއި ގުޅިގެން، މިޤުރުއާން މުބާރާތް ކުރިޔަށް ގެންގޮސްދޭނެ ޖަމިއްޔާއެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލާ ޖަމިއްޔާއަކީ މިއިދާރާއިން އެކުލަވާލައިފައިވާ ޤުރުއާން މުބާރާތުގެ ޤަވާއިދާ އެއްގޮތަށް މުބާރާތުގެ އެންމެހައި ކަންކަން އިންތިޒާމްކޮށް ހިންގުމުގެ ގާބިލްކަން ލިބިފައިވާ ޖަމިއްޔާއަކަށް ވާންވާނެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން، މި އިދާރާއާއި ގުޅިގެން މިމުބާރާތް ހިންގާނެ ގޮތުގެ ޕްރޮޕޯސަލް، 05 ފެބުރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި އިދާރާއަށް ނުވަތަ މިއިދާރާގެ އީމެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހުގައި، އެންމެ މަތީ މާރކްސް ލިބޭ ޕްރޮޕޯސަލް ހުށަހެޅި ޖަމިއްޔާއަކާއެކު އެއްބަސްވުން ހެދިގެން މުބާރާތް ހިންގުމަށް ރޭވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިކަމާއިގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް 9154339 ނަންބަރަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.