ޢާންމު މަޢުލޫމާތު
ނަންބަރު: ( IUL )241-A/241/2023/2
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 12 ފެބުރުވަރީ 2023 00:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅު ސްޓޭޓްހައުސް ބޭނުންކުރާ އޭސީ މަރާމާތުކުރުމާއި ބެހޭ

 

  ނަންބަރ.  2(IUL)241-A/241/2023/

އިޢުލާން

 ގއ.އަތޮޅު ސްޓޭޓްހައުސްގައި ބޭނުންކުރާ އޭސީތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން.   

                   މިއަތޮޅު ސްޓޭޓް ހައުސްގައި ހަރުކޮށްފައިވާ އެއަރ ކޮންޑިޝަންތައް ކޮންޓެކްޓް އުޞޫލުން މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

                 ވީމާ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2023ވާ އަންގާރަ ދުވަހުގެ 13.00އަށް މިއިދާރާގައި ރަޖިސްޓްރި ކުރެއްވުންއެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށްޓަކައި ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ ޕްރޮކިއުމެންޓް އީމެއިލް )  (  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީ ކޮޕީ .

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ އީ މެއިލް އެޑްރެސް .

ގުޅޭނެ މޮބަލް ނަންބަރ.

                  ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އޭސީތަކާއި ގުޅޭ މަޢުލޫމާތު ދެވޭނެއެވެ. މިމަސައްކަތާއި ބެހޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 5 ފެބުރުއަރީ  2023 ވާ އާދީއްތަ ދުވަހުގެ 13:30ގައެވެ. ގއ. އަތޮޅުކައުންސިލް އިދާރާގައެވެ.  މަސައްކަތް ކޮށްދިނުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލް 12 ފެބުރުއަރީ 2023ވާ އާދީއްތަ ދުވަހުގެ 13.30 އަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި އޮންލައިންކޮށް ހުށަހަޅާ ބިޑްތައް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ

                  މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

 

 

ނަމަވެސް ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް

  • ހުށަހަޅާ އަގަށް                    60%
  • މުއްދަތަށް                       10%
  • ލިބިފައިވާ ތަޖުރިބާ އަށް              20%
  • މާލީ ތަނަވަސްކަމަށް                10% ( މާލީ ތަނަވަސްކަން ހުރި ކަމަށް ބަލައިގަނެވޭނީ ހުށަހަޅާ ފަރާތުގެ

 ބޭންކް ސްޓޭޓްމެންޓް ނުވަތަ ގެރެންޓަރ ދޭ ފަރާތެއްގެ ލިއުމެއް ) ހުށަހެޅުމުންނެވެ. އިޢުލާނުގައި ޕޮއިންޓް ދިނުމަށް

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

                 މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ. .

                 04     ރަޖަބް      1444ހ. 

                 26    ޖަނަވަރީ     2023 މ.

26 ޖަނަވަރީ 2023